Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:3 - ކިތާބުލް މުޤައްދަސާ

3 އަދި އަހަރެންނާއި އެކުގައިވާ ތީތުސް އަކީ ގުރީކު މީހެއް ކަމަށް ވީނަމަވެސް އޭނާ ޚިތާނު ކުރުމަށް އެމީހުން ގަދައަޅާ މަޖުބޫރެއް ނުކުރެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:3
8 ပူးပေါင်းရင်းမြစ်များ  

އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.


ޕައުލް ތިމޮތީ އޭނާއާއި އެކު އޭނާގެ ދަތުރުގައި ބައިވެރިކުރުމަށް ބޭނުންވިއެވެ. ނަމަވެސް އެހިސާބުގެ އެންމެންނަށް ވެސް އެނގޭ ގޮތުގައި ތިމޮތީގެ ބައްޕައަކީ ގުރީކު މީހެކެވެ. އެހެންވެ އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ހިތްހަމަ ޖެއްސުމުގެ ގޮތުން ޕައުލް ތިމޮތީ ގާތު އެދުނި އޭނާއާއި އެކު އެދަތުރުގައި ދިއުމުގެ ކުރިން ތިމޮތީ ޚިތާނު ކުރުމަށެވެ.


ސާދަ އަހަރަށް ފަހު އަނެއްކާވެސް އަހަރެން އެނބުރި ބަރުނައްބާސްއާއި އެކު ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭރު އަހަރެންނާއި އެކު ތީތުސް ވެސް ގެންދިޔައީމެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


މިސިޓީ ލިޔެ މި ފޮނުވަނީ އީމާންތެރިކަމުގައި ވީ އަހަރެންގެ ދަރިފުޅު، ތީތުސް އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު ތިބާއަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ