Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:2 - ކިތާބުލް މުޤައްދަސާ

2 އަހަރެން އެރަށަށް ދިޔައީ އަހަރެން ގޮސް ކުރަންވީ ކަންތައް މާތްކަލާނގެ އަހަންނަށް އަންގަވައި އިލްހާމު ކުރެއްވީމައެވެ. އަހަރެން އެރަށުގައި ހުރެ އީސާއީންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންނާ ވަކިވަކީން ބައްދަލު ކުރީމެވެ. އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އަހަރެން ދަސްކޮށް ދެމުން އައި ކަންތައް އެމީހުންނާ ޙިއްސާ ކުރީމެވެ. އަހަރެން ބަލަން ބޭނުންވީ އަހަރެން ދަސްކޮށްދެމުން އަންނަ ބަސްތަކާ މި ޖަމާޢަތުގެ މީހުން އެއްބަސްވޭ ތޯއެވެ. އެހެނީ އަހަރެން ދަސްކޮށް ދެމުން އައި ކަންތަކަކީ ބޭކާރު އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:2
26 ပူးပေါင်းရင်းမြစ်များ  

”⁠އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.


ދެން މި ކަންތައްތަކާ ކުރެވެމުން ދިޔަ ބަހުސް ހުއްޓި އެންމެން ހަމަހިމޭންވެ ޕައުލް އާއި ބަރުނައްބާސް މެދުވެރިކޮށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި ދެއްކެވި މުޢުޖިޒާތްތަކާ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ވާހަކަތައް އަޑު އެހިއެވެ.


ނަމަވެސް ޕައުލް އާއި ބަރުނައްބާސް މި ކަމާއި މުޅިން ދެކޮޅުހަދާ އެމީހުންނާ ބަހުސް ކުރިއެވެ. ދެން އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުން ނިންމީ ޕައުލް އާއި ބަރުނައްބާސް އާއި އަދި އެހެން ވެސް އިތުރު ބަޔަކާ ޖެރޫސަލަމަށް ފޮނުވުމަށެވެ. އެއީ އެމީހުން އީސާގެފާނުގެ މަންދޫބުންނާއި އަދި ޖެރޫސަލަމުގެ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންނާ މި ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަދެއްކުމަށްޓަކައެވެ.


އެމީހުންނަށް ޖެރޫސަލަމަށް އާދެވުމުން އީސާގެފާނުގެ މަންދޫބުންނާ، އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑުންނާ، އަދި އެ ޖަމާޢަތުގެ އެންމެން އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންކުރިއެވެ. އަދި އެމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެމީހުން މެދުވެރިކޮށް ކުރެއްވި ހުރިހާ ކަމެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނެވެ.


އެއް ރެއަކު ޕައުލްއަށް ހުވަފެނެއް ފަދައިން ފެނުނެވެ. އޭނާއަށް ފެނުނީ މާތްސާހިބާ އީސާގެފާނު މި ފަދައިން ވިދާޅުވި ތަނެވެ. ”⁠ބިރުގަނެ ޖެހިލުންނުވޭ. އަދި ހުއްޓާނުލާ މީސްތަކުންނަށް އަންގައިދެމުން ދޭ.


މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.⁠“


ނަމަވެސް އެވަގުތު އެ ކޯޓުގައި ވީ ބަނީއިސްރާއީލުގެ ބޮޑުންގެ ތެރެއިން ފަރީސީ މަޒުހަބުގެ ގަމަލީލު އޭ ކިޔުނު މީހަކު ތެދުވެ އީސާގެފާނުގެ މަންދޫބުންނަށް އިރު ކޮޅަކަށް ބޭރަށް ނުކުތުމަށް އެންގިއެވެ. މި ގަމަލީލު އަކީ ބަނީއިސްރާއީލުގެ އެންމެން ވެސް ވަރަށް އިޙުތިރާމު ކުރާ ދީނުގެ ދަންނަބޭކަލެކެވެ.


އެޚަބަރަކީ އެއްވެސް އިންސާނަކު އަހަރެންނަށް ދިން ޚަބަރެއް ވެސް ނޫނެވެ. އަދި އެއަކީ އަހަރެން އެހެން އިންސާނެއްގެ ކިބައިން ދަސްކޮށްގެން އައިސް ކަލޭމެންނަށް ކިޔާދިން ވާހަކަތަކެއް ވެސް ނޫންމެއެވެ. އެއުފާވެރި ދިންނެވުމުގެ ޚަބަރު އަހަރެންނަށް ދައްކަވާ އަންގަވައިދެއްވީ ޚުދު އީސާ އަލްމަސީޙު އެވެ.


އަދި އެކަލާނގެ ދަރިކަލުންއީސާ އަލްމަސީޙު އަހަރެންނަށް ދައްކަވައި ހާމަކުރެއްވުމަށް ވެސް އިރާދަ ކުރެއްވިއެވެ. އެއީ އީސާގެފާނާ ބެހޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް އަހަރެން މެދުވެރިކޮށް އަންގައިދިނުމަށްޓަކައެވެ. އަހަރެން މިކަމާމެދު ވާހަކަދައްކާ ލަފައެއް އަހާކަށް އެއްވެސް މީހެއްގެ ގާތަކަށް ނުދަމެވެ.


މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅާއި ލޯބިފުޅުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރިކުރައްވާ އެކަލާނގެ ކަލޭމެން ދިންނެވިއެވެ. ނަމަވެސް އެދިންނެވުން ދެއްވި ފަރާތް ތިޔަހާއަވަހަށް ހަނދާންނެތި އެދިންނެވުމާއި ދެކޮޅުވެ ކަލޭމެން އެހެން މަގަކަށް އެނބުރުނީތީ އަހަރެން ހަމަ ހައިރާންވެއްޖައީމެވެ.


އީސާގެފާނުގެ ޖަމާޢަތުގެ މުހިންމު ބޮޑުންގެ ތެރެއިން އެކަކު ވެސް އަހަރެން އަންގާދެމުން ދިޔަ ދިންނެވުމުގެ އުފާވެރި ޚަބަރަށް ގޮތްކިޔައި އެޔަށް އިތުރު ކުރަންވީ އެއްވެސް ނުކުތާއެއް ނުބުނެވެ. އަދި އެމީހުންނަކީ މުހިންމު ބޮޑުންނަށް ވިޔަސް އެއަކީ އަހަރެންނަކަށް މާ މުހިންމު ކަމެއް ނޫނެވެ. އެއީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އެންމެން ވެސް އެއްވެސް ތަފާތެއް ނެތި ހަމަހަމަ ވެގެންވާތީއެވެ.


އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.


ކަލޭމެންގެ މެދުގައި ކަންތައްތައް ވަމުން ދިޔައީ ނުލާހިކު ރަނގަޅަށް މެއެވެ. ވީއިރު ކަލޭމެންނަށް ތެދާއި އެއްގޮތަށް ކަންތައް ކުރުމަށް ހުރަސްއެޅީ ކާކުހެއްޔެވެ؟


ޙަޔާތުގެ ބަސްފުޅުގައި ވަރުގަދައަށް ހިފަހައްޓާށެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ދުވަހުން ތިޔަބައިމީހުންނާއިމެދު އަހަރެންނަށް ފަޚުރުވެރި ވެވޭނެއެވެ. އަދި މިކަމަށްޓަކައި އަހަރެން ކުރި މި ބުރަ މަސައްކަތް ބޭކާރު ނުވާ ކަމުގައި އަހަރެން ދެކޭނަމެވެ.


މާތްސާހިބާއަށްޓަކައި އޭނާއަށް މަރުޙަބާ ކިޔާށެވެ. އޭނާފަދަ މީހުންނަށް މާތްކޮށް ހިތާށެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ތިމޮތީ ފޮނުވާ ސަބަބަކީ މިއީއެވެ. އޭރުން ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން އަހަރެންނަށް އެނގޭނެއެވެ. އަދި މިހެން އިންތިޒާރު ކުރުމުގައި އަހަރެން އިތުރަށް ހުރުން ދަތި ވަނީ ތިޔަބައިމީހުން އީމާންތެރިކަމުން އެއްކިބާ ކުރުވުމަށް ޝައިތާނާ ތިޔަބައިމީހުންނަށް ވަސްވާސްދޭނޭ މިންވަރު ހިތަށްއަރާފައެވެ. އެހެން ވެއްޖެނަމަ އަހަރެމެން ކުރި މަސައްކަތްތަކަކީ ތާކުންތާކު ނުޖެހޭ މަސައްކަތެކެވެ.


އަހަރެންނަށް ކުރެވުނީ ރަނގަޅު ހަނގުރާމައެކެވެ. އަހަރެން އީމާންކަމުގައި ދެމިހުރެ ޙަޔާތުގެ ރޭސް ނިންމީމެވެ.


އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ