ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:15 - ކިތާބުލް މުޤައްދަސާ15-16 އަހަރެންނާއި ކަލެއާ މިއީ ބަނީއިސްރާއީލު މީހުން. އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާންވެތިބި މީހުންނަށް އެނގޭ، އަހަރެމެންނަށް ދިންނެވުން ލިބިފައިމިވަނީ އަހަރެމެން އަމުރުފުޅުތަކާއި ގަވާއިދާ އެއްގޮތަށް ކަންތައް ކުރާތީއެއް ނޫންކަން. އަހަރެމެން ދިންނެވިފައި މިވަނީ އީސާގެފާނު ގަބޫލުކޮށް އީމާންވުމުގެ ސަބަބުން. އެހެނީ އެއްވެސް މީހަކަށް އެމީހަކު ކުރާކަންތައް ތަކެއްގެ ސަބަބަކުން މާތްރަސްކަލާނގެ ރުއްސެވުމެއް ނުހޯދޭނެ. အခန်းကိုကြည့်ပါ။ |
އަހަރެމެން އީސާގެފާނަށް އީމާންވެ މާތްރަސްކަލާނގެ އެންގެވި މަގުން ކަންތައްކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނެކޭ އެއްފަދައިން އަހަރެމެންނަކީ ވެސް ހަމަ ފާފަވެރިންކަން އެނގޭ. މީގެ މާނައަކީ އީސާގެފާނު އަހަރެމެންނަށް ދެއްކެވީ ފާފައިގެ މަގެކޭތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނޫން.
އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން ހުރިހާ އެންމެންނަކީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.
އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.