Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:13 - ކިތާބުލް މުޤައްދަސާ

13 ދެން އީސާގެފާނަށް އީމާންވާ ބަނީއިސްރާއީލުގެ އެހެން މީހުން ވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރަން ފެށިއެވެ. އަދި ބަރުނައްބާސް ވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:13
17 ပူးပေါင်းရင်းမြစ်များ  

އިސްޙާޤުގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ތިޔައީ ޙަޤީޤަތުގައި ވެސް ހަމަ ޢީސޫތަ؟⁠“ ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠އާދެ، ބައްޕާ. އަޅުގަނޑަކީ ހަމަ ޢީސޫ.⁠“


އަޅުގަނޑު މީގެ ކުރީގައި ހުރީ ކަލޭގެފާނުގެ ބައްޕާފުޅުގެ ޚިދުމަތުގައި. އެހެންނަމަވެސް މިހާރު އަޅުގަނޑު އައިސް މިހިރީ އެކަލޭގެފާނުގެ ދަރިފުޅަށް ޚިދުމަތް ކުރުމަށް.⁠“


ކަލޭމެން ވެސް ވަނީ އެފަދައިންމެ. މީސްތަކުންނަށް ކަލޭމެން ފެންނަ ހިނދު ކަލޭމެންނަކީ ސާލިޙު ބައެއް ކަމުގައި ހީވޭ. ނަމަވެސް ކަލޭމެންގެ އެތެރެފުށް ވަނީ މުނާފިޤުކަމާއި އެންމެހާ ނުބައި ނުލަފާ ކަންތައްތަކުން ފުރިފަ.


އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.


ސާދަ އަހަރަށް ފަހު އަނެއްކާވެސް އަހަރެން އެނބުރި ބަރުނައްބާސްއާއި އެކު ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭރު އަހަރެންނާއި އެކު ތީތުސް ވެސް ގެންދިޔައީމެވެ.


އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ