Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:1 - ކިތާބުލް މުޤައްދަސާ

1 ސާދަ އަހަރަށް ފަހު އަނެއްކާވެސް އަހަރެން އެނބުރި ބަރުނައްބާސްއާއި އެކު ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭރު އަހަރެންނާއި އެކު ތީތުސް ވެސް ގެންދިޔައީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:1
20 ပူးပေါင်းရင်းမြစ်များ  

ދެން މިއަށް ފަހު ބަރުނައްބާސް ދިޔައީ ޝާއުލް ހޯދުމަށްޓަކައި ތަރުސުސްއަށެވެ.


ދެން މިމީހުން މިހުރިހާ އެއްޗެއް ބަރުނައްބާސް އާއި ޝާއުލްގެ ހަވާލުގައި ޖެރޫސަލަމުގެ އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ ބޮޑުންނާއި ހަވާލު ކުރުމަށް ފޮނުވިއެވެ.


ބަރުނައްބާސް އާއި ޝާއުލް ޖެރޫސަލަމުގައި އެމީހުން ކުރަން ނިންމި ހުރިހާ ކަންތައްތައް ކުރުމަށް ފަހު ޔޫޙަންނާ މަރުކުސް ގޮވައިގެން އަންތީޔޮކުއަށް އެނބުރި ދިޔައެވެ.


މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”⁠ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.⁠“


ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ.


ދެން އެމީހުން ނިންމީ ބަރުނައްބާސް އަކީ އެމީހުންގެ ކަލާނގެއެއް ކަމުގައިވާ ޒެއުސް ކަމުގައެވެ. އަދި ކޮންމެ އެއްވުމެއްގައި ވެސް އާދަވެގެން ވާހަކަދައްކަނީ ޕައުލް ކަމުން އެމީހުން ގަސްތު ކުރީ ޕައުލް އެއީ އެމީހުންގެ ކަލާނގެ ހެރުމެސް ކަމުގައެވެ.


އެހެން ކަމުން އަހަރެމެން އެންމެން އެއްބަސްވީ އަހަރެމެންގެ ތެރެއިން ވަކި ބަޔަކު ހޮވާ ތިޔަބައިމީހުންގެ ގާތަށް ފޮނުވުމަށޭވެ. އެމީހުން ދާނީ އަހަރެމެންގެ ލޮބުވެތި އެކުވެރިން ކަމުގައިވާ ޕައުލް އާއި ބަރުނައްބާސް އާއި އެކުގައެވެ.


އޭގެ ތިން އަހަރުފަހުން އަހަރެން ޕަތަރަސްއާއި ބައްދަލުވުމަށް ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭނާގެ ގާތުގައި ފަނަރަ ދުވަހު ހުރީމެވެ.


ދެން އީސާގެފާނަށް އީމާންވާ ބަނީއިސްރާއީލުގެ އެހެން މީހުން ވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރަން ފެށިއެވެ. އަދި ބަރުނައްބާސް ވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރިއެވެ.


އަދި އަހަރެންނާއި އެކުގައިވާ ތީތުސް އަކީ ގުރީކު މީހެއް ކަމަށް ވީނަމަވެސް އޭނާ ޚިތާނު ކުރުމަށް އެމީހުން ގަދައަޅާ މަޖުބޫރެއް ނުކުރެއެވެ.


އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.


އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.


މިސިޓީ ލިޔެ މި ފޮނުވަނީ އީމާންތެރިކަމުގައި ވީ އަހަރެންގެ ދަރިފުޅު، ތީތުސް އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު ތިބާއަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ