Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:7 - ކިތާބުލް މުޤައްދަސާ

7 ތެދުމަގު ލިބޭ ހެޔޮޚަބަރުފުޅަކީ ހަމަ އެންމެ ޚަބަރެކެވެ. ނަމަވެސް މިހާރު ބަޔަކު މީހުން ކަލޭމެންނަށް އޮޅުވާލައި އީސާގެފާނު ދެއްވި ހެޔޮބަރުފުޅު ބަދަލުކޮށްލަން އެބަ މަސައްކަތްކުރެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:7
38 ပူးပေါင်းရင်းမြစ်များ  

ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މަތިވެރި މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ވެސް މޮޔަހައްދަން އުޅޭނެ.


”⁠އޭ ޝައިތާނާގެ ދަރިޔާ. ކަލޭ ތިޔަ ވަނީ ނުބައި އުކުޅުތަކުންނާއި ނުބައިވެގެންވާ ކަންތައްތަކުން ފުރިފަ. ކަލޭ ތިޔައީ ހުރިހާ ރަނގަޅު ކަމަކާއި އިދިކޮޅު އެކަންތައްތަކުގެ ދުޝްމިނެއް. ކަލޭ ދުވަހަކު ވެސް މާތްރަސްކަލާނގެ ތެދުފުޅުތައް ދޮގުތަކަށް އަނބުރާ މީސްތަކުންނަށް އޮޅުވާލުން ހުއްޓައެއް ނުލާނަންތަ؟


އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.


އަދި ކަލޭމެންގެ ތެރެއިން ވެސް ބަޔެއް މީހުން އެމީހެއްގެ ކޮޅަށް މީސްތަކުން އެނބުރުވުމަށްޓަކައި މާތްރަސްކަލާނގެ އެންގެވި ތެދު ޚަބަރުފުޅުތައް އޮޅުވާލާނެ.


މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅާއި ލޯބިފުޅުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރިކުރައްވާ އެކަލާނގެ ކަލޭމެން ދިންނެވިއެވެ. ނަމަވެސް އެދިންނެވުން ދެއްވި ފަރާތް ތިޔަހާއަވަހަށް ހަނދާންނެތި އެދިންނެވުމާއި ދެކޮޅުވެ ކަލޭމެން އެހެން މަގަކަށް އެނބުރުނީތީ އަހަރެން ހަމަ ހައިރާންވެއްޖައީމެވެ.


އަދި ކީތް ހެއްޔެވެ؟ އެތާ އަހަރެމެންގެ ތެރޭގައި ތިބި ވަކި ބަޔަކު އެކަމާއި ގަދައަޅާ ވާހަކަ ނުދެއްކިނަމަ އެވާހަކަ ނުވެސް ދެއްކުނީހެވެ. އެމީހުންނަކީ އީސާގެފާނަށް އީމާންވެގެން ތިބި ކަމަށް ހެދިގެން އަހަރެމެންނަށް ފާރަލުމަށް އުޅުނު ބަޔެކެވެ. އެމީހުންގެ ބޭނުމަކީ އީސާ އަލްމަސީޙުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ މިނިވަންކަން އަހަރެމެން އަތުން އަތުލައި އަހަރެމެން ދީނުގެ ގަވާއިދުތަކުގެ އަޅުންނަށް ހެދުމެވެ.


އެދޮގުވެރިން ކަލޭމެންގެ ރުހުން ހޯދަން އެހާބޮޑު ޝައުޤުވެރިކަމެއް އެވަނީ އެމީހުންގެ އަމިއްލަ އެދުމެއް އޮތީމައެވެ. އެމީހުން އެއްގޮތަކަށް ވެސް ކަލޭމެންނަކަށް ރަނގަޅެއް ވާކަށެއް ނޭދެއެވެ. އެމީހުންގެ މަގުސަދަކީ ކަލޭމެން އަހަރެންނާއި ދުރުކުރުމެވެ. އެއީ ކަލޭމެން ލައްވާ އެމީހުން ނޫން ބަޔަކު ބުނާ ބަހެއް ގަބޫލު ކުރުވިޔަ ނުދިނުމަށެވެ.


ނަމަވެސް ކަލޭމެން ތިއީ މާތްސާހިބާގެ މިލްކެކެވެ. އެހެންކަމުން ކަލޭމެން ވެސް ހަމަ އަހަރެންނެކޭ އެއްފަދައިން، މިކަންތައްތަކާ ދޭތެރޭ ދެކޭނެ ކަމުގެ އިތުބާރު، އަހަރެންނަށް އެބައޮތެވެ. އަދި ކަލޭމެންނަށް އޮޅުވާލަން އުޅުނު މީހަކަށް، މާތްރަސްކަލާނގެ އެކަމުގެ ސަޒާދެއްވާނެއެވެ.


ކަލޭމެން ޚިތާނު ކުރަން އެއުޅޭ މީހުން، އެމީހުންގެ އެގުނަވަން، އެއްކޮށް ބުރިކޮށްލިޔަސް އަހަންނަށް ހެވެވެ.


އެހެންކަމުން މީގެ ފަހުން އެކަކު ވެސް މިބާވަތުގެ ކަންތަކާ މެދު އަހަންނަށް އުނދަގޫކޮށްގެން ނުވާނެއެވެ. އެއީ މިހާރު ވެސް އަހަރެންގެ ގައިގައި އަހަރެންނަކީ އީސާގެފާނުގެ މީހެއްކަން އެނގޭނެ އެތައް އެތައް ލަކުނުތަކެއް އެބަ ހުއްޓެވެ.


އެ ދެމީހުން ތެދުމަގުން އެއްކިބާވެ، މަރުވުމަށް ފަހު އަލުން ދިރުއްވުން އަތުވެއްޖެއޭ ކިޔާފައި މީސްތަކުންގެ މެދުގައި ފެތުރި ދޮގު ޚަބަރުތަކުން، އަހަރެމެންގެ ތެރެއިން އީމާންވީ ބައެއް ފަރާތްތަކުގެ އީމާންތެރިކަމާމެދު ނިޔަތް އަރާރުން ކުރުވިއެވެ.


އަހަރެން ތިޔަބައިމީހުންނަށް މި ލިޔުން ލިޔާ ސަބަބަކީ ތިޔަބައިމީހުން މަގުފުރެއްދުމަށް މަސައްކަތް ކުރަމުން ދާ ފަރާތްތަކާއިމެދު ހޭލުންތެރި ކުރުވުމަށެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.


މި އުނގަންނައި ދިނުމާއި ދެކޮޅު ހަދާ އެދުރުން ތިޔަބައިމީހުންގެ ގެތަކަށް އައުމަށް ދަޢުވަތު ނުދޭށެވެ. އެމީހުންނަށް މަރުހަބާ ނުކިޔާށެވެ.


އެތަކެއް ދޮގުވެރިން ވަނީ މި ދުނިޔެތެރެއަށް ފެތުރިފައެވެ. އެ މަކަރުވެރި ދޮގުވެރިން ބުނެފައި ވަނީ އީސާ އަލްމަސީޙަށް ކައްޓާ މަހުން އެކުލެވިފައިވާ ފުރިހަމަ ހަށިކޮޅެއް ޙަގީގަތުގައި ލިބިވަޑައިގެންފައި ނުވާ ކަމުގައެވެ. ނަމަވެސް އެބައިމީހުންނީ ދޮގުވެރިންނެވެ. އަދި އަލްމަސީޙުގެ ޢަދުއްވުން ވެސްމެއެވެ.


އަހަރެން މިފަދައިން ބުނަން ޖެހުނު ސަބަބަކީ ދީނެއް ނެތް ބަޔަކު ތިޔަބައިމީހުންގެ ތެރެއަށް ކަތުރުފަނިތަކެއް ހެން ވަދެގަނެ އެކަލޭގެފާނު އެންގެވި ހެޔޮޚަބަރުފުޅު އޮޅުވާލަމުން ގެންދާތީއެވެ. އެބައިމީހުން ބުނަމުން ދަނީ އަހަރެމެން ނުބައިނުލަފާ ގޮތްގޮތަށް އުޅުނަކަސް މާތްކަލާނގެ މަތިވެރި ނިޢުމަތްފުޅުން އަހަރެމެން ކުށްވެރި ނުކުރައްވާނެ ކަމަށެވެ. އެމީހުން ވަނީ އަހަރެމެންގެ ސާހިބާ އީސާ އަލްމަސީޙު ދޮގުކޮށްފައެވެ. މިފަދަ މީހުންނަށް ހުރި ޢުޤޫބާތުގެ ވާހަކަ މީގެ އެތައް ޒަމާނެއްގެ ކުރީގައި ވެސް ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ.


އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.


ތިޔަބައިމީހުން ކަންތައް ކުރި ގޮތާއި ތިޔަބައިމީހުން ކުރި ބުރަ މަސައްކަތް އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުން ކެތްތެރިކަމާއެކު ހިފެހެއްޓި މިންވަރު ވެސް އަހަރެންނަށް އެނގޭ. ނުބައި ނުލަފާ މީހުން ތިޔަބައިމީހުންނަށް ޤަބޫލު ނުކުރެވޭކަން ވެސް އަހަރެންނަށް އެނގޭ. އަދި މަންދޫބުން ކަމުގައި ބަޔަކު ބުނަމުން ދިޔަ ހިނދު ތިޔަބައިމީހުން އެފަދަ މީހުން އިމްތިޙާނު ކުރި. އަދި ތިޔަބައިމީހުން ކުރި އިމްތިޙާނުން އެބައިމީހުން ފޭލްވުމުން އެއީ ދޮގުވެރިން ކަމުގައި ތިޔަބައިމީހުންނަށް އެނގުނު.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.


ނަމަވެސް ތިޔަބައިމީހުންގެ ކިބައިގައި ރަނގަޅު އެއްކަމެއް ވޭ. އެއީ އަހަރެން ވެސް ނަފްރަތު ކުރާ ފަދައިން ނިކޮލައިތީ މީހުން ކުރާ ކަންތަކާއި މެދު ތިޔަބައިމީހުން ވެސް ނަފްރަތު ކުރާކަން.


އެ މަލާއިކަތާ ފޫނެތް ފުން ވަޅުގަނޑުގެ ތެރެއަށް ޑްރޭގަން އެއްލައިލިއެވެ. އަދި ތަޅުލައި ސިލު ޖެއްސިއެވެ. ވީމާ، އެއްހާސް އަހަރު ނިމުމަށް ދާންދެން އެ ޑްރޭގަނަށް ދެން އިތުރަށް ޤައުމުތައް މޮޔައެއް ނުހެއްދޭނެއެވެ. ނަމަވެސް އެއަށް ފަހު، ކުޑަ ދުވަސްކޮޅަކަށް އޭތި މިނިވަން ވާން ޖެހެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ