ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:6 - ކިތާބުލް މުޤައްދަސާ6 މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅާއި ލޯބިފުޅުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރިކުރައްވާ އެކަލާނގެ ކަލޭމެން ދިންނެވިއެވެ. ނަމަވެސް އެދިންނެވުން ދެއްވި ފަރާތް ތިޔަހާއަވަހަށް ހަނދާންނެތި އެދިންނެވުމާއި ދެކޮޅުވެ ކަލޭމެން އެހެން މަގަކަށް އެނބުރުނީތީ އަހަރެން ހަމަ ހައިރާންވެއްޖައީމެވެ. အခန်းကိုကြည့်ပါ။ |
ދެން އެބައިމީހުން އެހެން ކަންތައް ކުރަން ފެށުމުން އެންމެންގެ ކުރިމަތީގައި އަހަރެން ޕަތަރަސްއާއި ދިމާލަށް މިފަދައިން ބުނީމެވެ. ”ކަލޭ ތިއީ ބަނީއިސްރާއީލު މީހެއް ނަމަވެސް ބަނީއިސްރާއީލު ދީނުގެ ގަވާއިދުތަކަށް ކަންތައްކުރާކަށް ކަލެއަކަށް ނުޖެހޭ، ކަލޭ ތިޔަވަނީ އެޤަވާއިދުތަކުން މިންޖުވެފަ. ވީއިރު މިމީހުންނީ ބަނީއިސްރާއީލު ބަޔަކަށް ނުވާހިނދުމެ ކަލޭ ދޫކޮށްލާފައިވާ ގަވާއިދުތަކަށް އެމީހުންލައްވާ ކަންތައް ކުރުވަން ތިޔައުޅެނީ ކީއްވެ؟
އަހަރެން އެރަށަށް ދިޔައީ އަހަރެން ގޮސް ކުރަންވީ ކަންތައް މާތްކަލާނގެ އަހަންނަށް އަންގަވައި އިލްހާމު ކުރެއްވީމައެވެ. އަހަރެން އެރަށުގައި ހުރެ އީސާއީންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންނާ ވަކިވަކީން ބައްދަލު ކުރީމެވެ. އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އަހަރެން ދަސްކޮށް ދެމުން އައި ކަންތައް އެމީހުންނާ ޙިއްސާ ކުރީމެވެ. އަހަރެން ބަލަން ބޭނުންވީ އަހަރެން ދަސްކޮށްދެމުން އަންނަ ބަސްތަކާ މި ޖަމާޢަތުގެ މީހުން އެއްބަސްވޭ ތޯއެވެ. އެހެނީ އަހަރެން ދަސްކޮށް ދެމުން އައި ކަންތަކަކީ ބޭކާރު އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީއެވެ.
އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައި ވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތްފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ.
އަހަރެމެންނަށް ފުރިހަމަ ގޮތުގައި އީސާގެފާނު އެނގިގެންވުމުން އެކަލޭގެފާނުގެ އިލާހީ ކުޅަދުންވަންތަކަމުން މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތުކުރުމާއި އެކަލާނގެއަށް ޚިދުމަތް ކުރުމުގައި ބޭނުންވާނޭ އެންމެހާ ތަކެއްޗެއް އަހަރެމެންނަށް ދެއްވިއެވެ. އެކަލޭގެފާނު އަހަރެމެންނަށް ދަޢުވަތު ދެއްވީ އެކަލޭގެފާނުގެ ޢަޖާއިބެއްފަދަ ޖަލާލަތުކަމާއި ހެޔޮކަމުގައި އަހަރެމެން ވެސް ޙިއްސާ ވުމަށެވެ.