Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:5 - ކިތާބުލް މުޤައްދަސާ

5 ހަމަކަށަވަރުން ވެސް މަތިވެރިކަމާއި ކީރިތިކަން އަބަދުގެ އަބަދަށްމެ ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށެވެ. އާމީން.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:5
23 ပူးပေါင်းရင်းမြစ်များ  

އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!⁠‘


”⁠މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި! ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްޙަ އަމާންކަމުގެ މަގު ދެއްވާނެ!⁠“


އެގޮތުގެ މަތިން އަހަރެމެން، ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނީ އެންމެ ފުރަތަމަ އަލްމަސީޙާއި މެދުގައި އުންމީދު ކުރި މީހުންނެވެ. އަދި އަހަރެމެން ޚިޔާރު ކުރެވިގެންވީ މާތްރަސްކަލާނގެ މަތިވެރި ކަމާމެދު ޙަމްދު ތަޢުރީފު ކުރުމުގައި ވުމަށެވެ.


މާތްރަސްކަލާނގެ އަދި ބައްޕާފުޅުގެ މަތިވެރިކަން އަބަދަށް ވޮޑިގެންވާށިއެވެ! އާމީން.


އަހަރެންގެ ދުޢާއަކީ ޖަލާލަތާއި ޝަރަފު އަބަދަށްޓަކައި އަހަރެމެންގެ ހަމައެކަނި ކަލާނގެއަށް ލެއްވުމެވެ. އެކަލާނގެއީ އަބަދަށް ދެމިވޮޑިގެންވާ ޣައިބުވަންތަ ދާއިމަށް ރަސްކަމުގައި ވޮޑިގެންވާ ކަލާނގެއެވެ. އާމީން!


އާއެކެވެ. މާތްސާހިބާ ކޮންމެ ފަހަރަކު ވެސް މިފަދަ ނުބައިވެގެންވީ ކޮންމެ ހަމަލާއަކުން އަހަރެން ސަލާމަތްކޮށް އެކަލޭގެފާނުގެ ސުވަރުގޭގެ ރަސްކަމަށް އަހަރެން ގެންދަވާނެއެވެ. ހުރިހާ ވެސް ޖަލާލުވަންތަކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


އެންމެހައި ބާރުފުޅެއް އަބަދަށްޓަކައި މިލްކުވެ ވޮޑިގެންވަނީ އެކަލާނގެއަށެވެ. އާމީން.


އަދި އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ. އެންމެހައި ޖަލާލަތުކަމެއް މި ހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.


ހުރިހާ ޖަލާލަތަކާއި، ޢިއްޒަތަކާއި، ބާރަކާއި، އަމުރުވެރިކަމެއް ފެށުނީއްސުރެން ދާއިމަށް މިލްކުވެގެން ވަނީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވާ ފަރާތް، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އާމީން!


އެ މަލާއިކަތާ ހަރުއަޑުފުޅުން ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ! އަދި އެކަލާނގެ ޖަލާލަތުކަމާއި މެދު ޙަމްދުކުރޭ! އެހެނީ އެންމެހައި މީސްތަކުންނާއި މެދު އެކަލާނގެ އިންސާފު ކުރެއްވުމުގެ ވަގުތު މިވަނީ އައިސްފައި. އުޑުތަކާއި، ބިމާއި، ކަނޑާއި، އަދި ފެން އާރުތައް ހެއްދެވި އެކަލާނގެ ކިބަފުޅަށް އަޅުކަންކުރޭ!⁠“


ހަމައެހެންމެ މަލާއިކަތް ބޭކަލުންނާއި ދިރިހުރި މަޚުލޫގުންނާއި ބޮޑުން އެކުގައިވެ ހަރުއަޑުން ސަނާ ކިޔަމުން ގެންދިޔައެވެ: ”⁠ގަތުލު ކުރެވުނު ޅަކަންބަޅި އެކަށީގެންވޭ! އާރާއި ބާރާއި، ތަނަވަސްކަމާއި، ޙިކުމަތާއި އަދި ހަކަތަ އެކަންބަޅިއަށް ލިބިދިނުމަށް ވެސްމެ. އަނެކުންގެ ކިބައިން ގަދަރާއި ޖަލާލަތާއި އަދި ޙަމްދު ލިބިދިނުމަށް ވެސް މި ޅަކަންބަޅި އެކަށީގެންވޭމެ!⁠“


އެ ހިނދު އެބޭކަލުން ވިދާޅުވިއެވެ. ”⁠އާމީން! ޙަމްދުކުރުމާއި، ޖަލާލަތުކަމާއި، ޙިކުމަތާއި، ޝުކުރުވެރިކަމާއި، ޤަދަރުވެރިކަމާއި، ބާރުވެރިކަމާއި އަދި ހަކަތަ މިލްކުވެ ވޮޑިގެންވަނީ އަބަދުގެ އަބަދަށް އަޅަމެންގެ ރަސްކަލާނގެ ކިބަފުޅަށްމެ! އާމީން!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ