Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:18 - ކިތާބުލް މުޤައްދަސާ

18 އޭގެ ތިން އަހަރުފަހުން އަހަރެން ޕަތަރަސްއާއި ބައްދަލުވުމަށް ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭނާގެ ގާތުގައި ފަނަރަ ދުވަހު ހުރީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:18
8 ပူးပေါင်းရင်းမြစ်များ  

އަންދުރާއި އީސާގެފާނުގެ އަރިހަށް ޝަމްއޫނު ގެންދިޔައެވެ. އީސާގެފާނު ވަރަށް ފުން ނަޒަރަކުން ޝަމްއޫނުއާއި ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. ”⁠ކަލެއަކީ ޔޫޙަންނާގެ ދަރި ޝަމްއޫނު. ނަމަވެސް މިއަދުން ފެށިގެން ކަލޭގެ ނަމަކީ ކީފާ.⁠“ ކީފާގެ މާނައަކީ ޕަތަރަސްއެވެ.


ނަމަވެސް ޕަތަރަސް އަންތީޔޮކުއަށް އައުމުން އަހަރެން ފާޅުގައި އޭނާއާއި ދެކޮޅުވީމެވެ. އެއީ އޭނާ ކަންތައް ކުރީ މުޅީން ގޯސްކޮށް ކަމުގައި ވީތީއެވެ.


ދެން އެބައިމީހުން އެހެން ކަންތައް ކުރަން ފެށުމުން އެންމެންގެ ކުރިމަތީގައި އަހަރެން ޕަތަރަސްއާއި ދިމާލަށް މިފަދައިން ބުނީމެވެ. ”⁠ކަލޭ ތިއީ ބަނީއިސްރާއީލު މީހެއް ނަމަވެސް ބަނީއިސްރާއީލު ދީނުގެ ގަވާއިދުތަކަށް ކަންތައްކުރާކަށް ކަލެއަކަށް ނުޖެހޭ، ކަލޭ ތިޔަވަނީ އެޤަވާއިދުތަކުން މިންޖުވެފަ. ވީއިރު މިމީހުންނީ ބަނީއިސްރާއީލު ބަޔަކަށް ނުވާހިނދުމެ ކަލޭ ދޫކޮށްލާފައިވާ ގަވާއިދުތަކަށް އެމީހުންލައްވާ ކަންތައް ކުރުވަން ތިޔައުޅެނީ ކީއްވެ؟


އެހެންނަމަވެސް މިބޮޑުން ވެސް އެއްބަސްވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ހެޔޮޚަބަރުފުޅު ދިނުމަށް މާތްރަސްކަލާނގެ ހޮއްވަވާފައި ވަނީ އަހަރެން ކަމުގައެވެ. އެއީ ޕަތަރަސް ވެސް ބަނީއިސްރާއީލު މީހުންނަށް ދިންނެވުމުގެ އުފާވެރި ޚަބަރު ދިނުމަށް އެކަލާނގެ ހޮއްވެވި ފަދައިންނެވެ.


އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ