Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:17 - ކިތާބުލް މުޤައްދަސާ

17 އަދި އަހަރެންގެ ކުރިން އީސާގެފާނަށް އީމާންވެތިބި އެކަލޭގެފާނުގެ މަންދޫބުންގެ ގާތަށް ޖެރޫސަލަމަކަށް ވެސް އަހަރެންނެއް ނުދަމެވެ. ހަމަވަގުތުން އަހަރެން ދިޔައީ އަރަބިކަރައަށެވެ. ދެން އެތަނުން އެނބުރި އަހަރެން ދިޔައީ ދިމިޝްޤަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:17
7 ပူးပေါင်းရင်းမြစ်များ  

ދިމިޝްޤުގައި އަނާނިޔާހު އޭ ކިޔުނު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހަކު އުޅުނެވެ. މާތްސާހިބާ އަނާނިޔާހުއަށް ހޭލާހުރެ ފެނުނު ހުވަފެނެއްގެ ފަދައިން ދައްކަވާ އެންގެވިއެވެ. ”⁠އަނާނިޔާހު.⁠“ އަނާނިޔާހު ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ މިއީ އަޅުގަނޑު.⁠“


ދެން އޭނާ ކާއެއްޗެއް ކެއެވެ. އަދި އޭނާގެގައި ވަރު ވެސް ޖެހުނެވެ. ޝާއުލް އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ގާތު ދިމިޝްޤުގައި ދެތިން ދުވަހު މަޑުކުރިއެވެ.


އޭނާ އުއްތަމަ އިމާމުގެ ކިބައިން އެދުނީ ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގެ ވެރިންނަށް ދެއްކުމަށްޓަކައި އުއްތަމަ އިމާމުގެ ފަރާތުން އޭގެން ކޮންމެ ތަނެއްގެ ވެރިއަކަށް ދޭނެ ސިޓީއަކަށެވެ. އެއީ އޭރުން އޭނާއަށް އީސާގެފާނު އެންގެވި މަގުން އުޅޭ އަންހެނަކަސް އަދި ފިރިހެނަކަސް ހައްޔަރުކޮށްގެން ޖެރޫސަލަމަށް ގެނައުމަށް ބާރު ހޯދުމަށްޓަކައެވެ.


ޝާއުލް ބިންމަތިން ތެދުވިއިރު އެއްގޮތަކަށް ވެސް އޭނާގެ ލޮލަކަށް ނުފެނެއެވެ. ދެން އޭނާ އާއި އެކު ދަތުރުކޮށް ދިޔަ މީހުންގެ ތެރެއިން ބަޔަކު އޭނާ ދިމިޝްޤަށް ގެންގޮސް ދިނެވެ.


އޭގެ ތިން އަހަރުފަހުން އަހަރެން ޕަތަރަސްއާއި ބައްދަލުވުމަށް ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭނާގެ ގާތުގައި ފަނަރަ ދުވަހު ހުރީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ