Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:16 - ކިތާބުލް މުޤައްދަސާ

16 އަދި އެކަލާނގެ ދަރިކަލުންއީސާ އަލްމަސީޙު އަހަރެންނަށް ދައްކަވައި ހާމަކުރެއްވުމަށް ވެސް އިރާދަ ކުރެއްވިއެވެ. އެއީ އީސާގެފާނާ ބެހޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް އަހަރެން މެދުވެރިކޮށް އަންގައިދިނުމަށްޓަކައެވެ. އަހަރެން މިކަމާމެދު ވާހަކަދައްކާ ލަފައެއް އަހާކަށް އެއްވެސް މީހެއްގެ ގާތަކަށް ނުދަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:16
30 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު.


ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވަނީ ބަލިކަށިވެގެން.⁠“


ނަމަވެސް މާތް ސާހިބާ ވިދާޅުވިއޭ. ’⁠ޖެރޫސަލަމުން ދާށޭ. އަހަރެން ކަލޭ މި ފޮނުވަނީ މި ރަށުން ވަރަށް ދުރަށް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށޭ.⁠‘⁠“


އަދި އެއަށް ފަހު ކޮންމެދުވަހަކު އެމީހުން ބައިތުލް މަޤްދިސްގައާއި އަދި މީސްތަކުންގެ ގޭގޭގައި ވެސް މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އަދި އީސާގެފާނަކީ މާތްރަސްކަލާނގެ ހޮއްވަވާ ޚާއްސަކުރައްވާ މީސްތަކުން ދިންނެވުމަށް ފޮނުއްވި އަލްމަސީޙު ކަމުގެ ހެޔޮޚަބަރުފުޅު އަންގަމުން ގެންދިޔައެވެ.


ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ.


ދެން ހަމަ ވަރަށް އަވަހަށް ޝާއުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ތަންތަނަށް ގޮސް އެތަންތާގައި އީސާގެފާނުގެ ބަސްފުޅުތައް އަންގައިދޭން ފަށައިފިއެވެ. އޭނާ ބުނަމުން ދިޔައެވެ. ”⁠އާއެކޭ. އީސާގެފާނަކީ ހަމަކަށަވަރުން ވެސް މާތްރަސްކަލާނގެ ދަރިކަލުން.⁠“


ސާދަ އަހަރަށް ފަހު އަނެއްކާވެސް އަހަރެން އެނބުރި ބަރުނައްބާސްއާއި އެކު ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭރު އަހަރެންނާއި އެކު ތީތުސް ވެސް ގެންދިޔައީމެވެ.


އަހަރެން ގައިދީއެއްގެ ގޮތުގައި ޖަލުގައި ހައްޔަރުވެފައި މިވަނީ އީސާ އަލްމަސީޙުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނާއި ބެހޭ ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ދަރިކޮޅު ނޫން ފަރާތްތައް ކަމުގައިވާ ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން ގެންދާތީވެއެވެ.


އަހަރެމެން ހަނގުރާމަ ކުރަމުން މިގެންދަނީ މަހާއި ލެއިން އެކުލެވޭ އަދާވާތްތެރިންނަކާއެއް ނޫނެވެ. އެއީ ނުފެންނަ ދުނިޔެއެކެވެ. އަހަރެމެން ހަނގުރާމަ ކުރަނީ އެއަނދިރި ދުނިޔޭގެ ޝައިތާނީ ވެރިންތަކާއި ބާރުވެރިންނާއި އުޑުތަކުގައިވާ ނުބައިވެގެންވީ ގަދަފަދަބާރުތަކާއި ރޫޙުތަކާ ދެކޮޅަށް ވެސް މެއެވެ.


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ދަރުސް ދޭމީހުންގެ ގޮތުގައި އަހަރެން ހޮއްވެވީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނޫން އެހެން މީހުންނަށް އެކަލޭގެފާނާއި ބެހޭ ގޮތުން ވީ މި އުފާވެރި ޚަބަރު ތެދުވެރިކަމާއި އީމާންތެރިކަމާއެކު އަންގައިދީ ހެދުމަށެވެ. މިއީ ތިބާ ކައިރީގައި އަހަރެން ބުނާ ތެދު ބުނުމެކެވެ. ދޮގު ވާހަކަތަކެއް ނޫނެވެ.


ހަމައެހެންމެ އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ވާޢިޡެއްގެ ގޮތުގައި މާތްރަސްކަލާނގެ އަހަރެން ހަމަޖެއްސެވީ އެ ހެޔޮޚަބަރުފުޅު މީސްތަކުންނަށް އުނގަންނައި ދިނުމަށްޓަކައެވެ.


އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ