Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:14 - ކިތާބުލް މުޤައްދަސާ

14 އަހަރެންގެ އުމުރުގެ މީހުންގެ ތެރެއިން ދީނުގެ ކަންތަކުގައި އަހަރެން ހުރީ މާކުރީގައެވެ. އަދި ކާބަފައިންގެ ފަރާތުން އައިސްފައިވާ ދީނުގެ ގަވާއިދުތަކަށް އެހެންމީހުންނަށް ވުރެވެސް އަހަރެން ކަމޭހިތާ ފަރުވާވެ އުޅުނީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:14
15 ပူးပေါင်းရင်းမြစ်များ  

ކަލޭމެން މީސްތަކުންނަށް އުނގަންނައިދެނީ އެބައިމީހުންގެ މައިންބަފައިންނަށް ގަދަރު ނުކުރުމަށް. ކަލޭމެންގެ އަމިއްލަ އުސޫލުތަކުގެ ޙައްޤުގައި ކަލޭމެން މާތްރަސްކަލާނގެ ވަޙީބަސްފުޅު ބާތިލު ކޮށްލީމު.


މި ވާހަކަތައް އަހާ އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔެވެ. ނަމަވެސް އެމީހުން މިފަދައިން ވެސް ޕައުލް އަށް ބުންޏެވެ. ”⁠އޭ އަހަރެމެންގެ އަޚާ ޕައުލް، އީސާގެފާނަށް އީމާންވެގެންވާ އެތައް ހާސް ބަނީއިސްރާއީލު މީހުން ވެސް ވާތަން ނިކަން ދެކިބަލަ. އެ އެންމެން ވެސް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގަވާއިދުތަކަށް ވަރަށް ފަރުވާތެރިވެ ޙުރުމަތްތެރިކޮށް ހިތާ.


ޕައުލް ބުންޏެވެ. ”⁠އަޅުގަނޑަކީ ސިލީސިޔާގެ ތަރުސުސްއަށް އުފަންވި ބަނީއިސްރާއީލު މީހަކީން. އަޅުގަނޑު އުޅެ ބޮޑު ވީ ޖެރޫސަލަމުގަ. އަޅުގަނޑު ކިޔެވީ ގަމަލީލުގެ އެދުރު ކަމުގެ ދަށުގަ. އެބޭފުޅާގެ އެދުރުކަމުގެ ދަށުގައި އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީ ގަވާއިދާއި ޤާނޫނުތައް ވަރަށް ފުރިހަމައަށް ދަސް ކުރީން. އަދި ހަމަ ތިޔަބައިމީހުން މިއަދު ތިޔަ ދައްކާ ރޫޙާއި ޖޯޝާއި އެކު އަޅުގަނޑު ވެސް ދީނުގެ ހުރިހާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރީން.


އަދި އަޅުގަނޑަކީ ބަނީއިސްރާއީލުގެ އެންމެ ދީނީ ގަވާއިދުތައް ބޮޑު ޖަމާޢަތް ކަމުގައި ވާ ފަރީސީނުގެ ޖަމާޢަތުގެ މީހެއްކަން އަޅުގަނޑު ކުށްވެރި އެކުރާ މީހުންނަށް ވެސް ހަމަ ރަނގަޅަށް އެނގޭނެ.


އަޅުގަނޑަކީ ވެސް ނާޒަރަތުގެ އީސާގެފާނު ގަބޫލު ކުރާ މީހުންނާއި އިދިކޮޅަށް ކުރެވެން އޮތިއްޔާ އޮތް ކަމެއް ކުރަން ޖެހޭނެ ކަމުގައި ދުށް މީހެއް.


އެއްވެސް މީހަކު ދައްކާ ޙަޤީޤަތެއް ނެތް ހުސްވާހަކަތަކާއި އޮޅުވާލުމުގެ ފަލްސަފާތަކުގެ މަޅީގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެފަދަ ވާހަކަތައް ބިނާވެފައި ވަނީ އިންސާނީ ވިސްނުމުގެ މައްޗަށެވެ. އެއީ ކާއިނާތުގެ މައްޗަށް ވެރިވެގެންފައިވާ ރޫހުތަކުގެ އާދަކާދަތަކާ އެއްގޮތްވާ އަސާސްތަކެވެ. އެޔަކީ އަލްމަސީޙުގެ ފަރާތްޕުޅުން އަންނަ ޙިކުމަތްތަކެއް ނޫނެވެ.


ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ