Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:13 - ކިތާބުލް މުޤައްދަސާ

13 އަހަރެން ކުރީގައި އުޅުނު ގޮތުގެ ވާހަކަތައް ކަލޭމެން ވާނީ އަހާފައެވެ. އަހަރެން ބަނީއިސްރާއީލު މީހުންގެ ދީނުގައި ހަރުދަނާވެ ހުރި ވަރާއި ބެހޭގޮތުންނާއި، އަދި އަހަރެން އީސާގެފާނަށް އީމާންވެގެންވީ އެންމެން ނައްތާލުމަށް، ކުރި ނުބައި އަނިޔާވެރި ކަންތައްތަކުގެ ވާހަކަވެސް ކަލޭމެން ވާނީ އަހާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:13
14 ပူးပေါင်းရင်းမြစ်များ  

ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ.


ނަމަވެސް ޝާއުލް އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން ނައްތާލުމަށް މަސައްކަތް ކުރިއެވެ. އޭނާ އެމީހުންގެ ގޭގެއަށް ގޮސް އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ގަދަ ބާރުދައްކާ އެމީހުން ޖަލަށް ލިއެވެ.


ޝާއުލްގެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކު ހައިރާންވެ ބުނެއެވެ. ”⁠މީނާ މިއީ ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގި މަގުން އުޅުނު މީހުން ނައްތާލަން ގަދައަޅާ މަސައްކަތް ކުރި މީހާއެއް ނޫން ހޭ؟ އަދި އަހަރެމެންނަށް އިވިފައިވާ ގޮތުގައި މީނާ މި ރަށަށް އައީ ވެސް އީސާގެފާނު ގަބޫލު ކުރާ އެންމެން ހައްޔަރުކޮށްގެން ބޮޑު އިމާމުންގެ ކައިރިއަށް ގެންދަން.⁠“


ޝާއުލް ޖެރޫސަލަމަށް ގޮސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންގެ ޖަމާޢަތުގައި ބައިވެރިވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުން ތިބީ އޭނާ އާއި ބައްދަލު ކުރުމަށް ބިރުންނެވެ. އެއީ ޝާއުލް އަކީ އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކަށް އަމަލު ކުރާ މީހެއް ކަމުގައި ގަބޫލު ކުރަން އެމީހުންނަށް ދަތިވިވަރުންނެވެ.


އަދި އަހަރެން ލޭ ހޫނުވެފައި ހުރެ މަސީޙީ ޖަމާޢަތުގެ އަހުލުވެރިންނަށް ވަރުގަދަ އަނިޔާތައް ކުރިމަތި ކުރީމެވެ. ޤާނޫނާއި ގަވާއިދު ދެއްކި މަގުން މާތްކަލާނގެ ރުހުން ހޯދުމަށް ކުރެވެން އޮތްހާ ކަމެއް ކުރީމެވެ.


އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.


އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ މިންނުކުރެވޭ ނިޢުމަތްފުޅު އަހަރެންގެ މައްޗަށް އޮއްސަވާލެއްވިއެވެ. އަދި އެކަލޭގެފާނުގެ ކިބަފުޅުން އަންނަ އީމާނާއި ލޯބިން އަހަރެން ފުރާލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ