8 ދެން މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”އުނދުނު ފުށްގަނޑުން އަޅި މުށްވަރުތަކެއް ނަގައި މޫސާ ގޮސް ފިރުޢައުނުގެ ކުރިފުޅުމަތީގައި ވައިގެތެރެއަށް އުކާލާ.
މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ހާރޫނުގެފާނު ގާތު ބުނޭ. ’ކަލޭގެ އަސާ އުފުލައި ބިމުގައި ޖަހާށޭ. އެތަނުން އަރާ ހިރަފުހުން ހަފާމެހީގެ ބައިގަނޑެއް އުފެދޭނެޔޭ. އަދި މިޞްރުގައި ހުރި ހުރިހާ ހިރަފުހެއް ހަފާމެއްސަށް ވާނެއޭ.‘“
ދެން އެދެބޭލަކުން އަޅި މުށެއް ހިއްޕަވައިގެން ވަޑައިގެން ފިރުޢައުނުގެ ކުރިފުޅުމަތީ ހުއްޓި ވަޑައިގަތެވެ. މޫސާގެފާނު އެ އަޅި މުށްވަރު ވައިގެތެރެއަށް ބުރުއްސަވާ ލައްވައިފިއެވެ. އެ ހިނދު މީސްމީހުންނާއި ޖަނަވާރުތަކުގެ ގައިގައި ފޮޅުނަގައި ފާރު ހެދެން ފަށައިފިއެވެ.
ދެން ފިރުޢައުނު ރަސްގެފާނުގެ ވަޒީރުން ފޮނުއްވައިގެން މިކަންތައް ތަޙުޤީޤު ކުރައްވައިފިއެވެ. އެއީ ތެދެކެވެ. އިސްރާއީލުގެ މީހުންގެ އެންމެ ޖަނަވާރެއް ވެސް މަރުވެފައެއް ނެތެވެ. އެހެން ވިޔަސް ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. ރަސްގެފާނު އެމީހުން ދިޔަކަ ނުދެއްވިއެވެ.
އެ އަޅި ހިމުން ހިރަފުސް ފަދައިން މިޞްރުގެ ބިމަށް ފެތުރިގެން ދާނެ. އެއާއެކު މިޞްރުގެ ހުރިހާ މީހުންނާއި ތިބިހާ ޖަނަވާރުތަކެއްގެ ގައިގައި ފޮޅުނަގައި ފާރުވާނެ.“