Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:6 - ކިތާބުލް މުޤައްދަސާ

6 މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެކަންތައް ކުރެއްވިއެވެ. އަނެއް ދުވަހު މިޞްރު މީހުންގެ ގެރިބަކަރި ޖަނަވާރުތައް މަރުވެއްޖެއެވެ. އެކަމަކު އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:6
10 ပူးပေါင်းရင်းမြစ်များ  

އެރޭ ތިމަންކަލާނގެ މިޞްރު ތެރޭން ދާނަމޭ. އަދި މިޞްރުގެ ކޮންމެ ގެއެއްގެ ދޮށީ ފިރިހެން ދަރިއާއި ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތި މަރާނަމޭ. އެގޮތުން މިޞްރު މީހުންގެ އިލާހުންގެ މައްޗަށް ޢުޤޫބާތް ފޮނުއްވާނަމޭ. އެހެނީ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެއޭ!


އެރޭ ދަންވަރު މާތްރަސްކަލާނގެ މިޞްރުގެ ހުރިހާ ދޮށީ ފިރިހެން ދަރިންގެ މައްޗަށް މަރު ކުރިމަތި ކުރެއްވިއެވެ. ފިރުޢައުނުގެ ދޮށީ ދަރިން ފެށިގެން ހުރަގޭގައި އޮތް ގައިދީގެ ދަރިއަށް ދާންދެންނެވެ. އެމީހުންގެ ޖަނަވާރުތަކުގެ ދޮށީ އެއްޗަށް ދާނދެން އެރޭ މަރުވިއެވެ.


އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.


މުޅި މިޞްރަށް އޮހެމުން ދިޔަ ގަނޑުފެންތައް ހާމަ ތަންތަނުގައި ހުރި ހުރިހާ އެއްޗެއް ފަނާކޮށްލައިފި އެވެ. މިތޫފާނުގައި އެތައްބަޔަކާއި ޖަނަވާރުތަކާއި ދަނޑުތަކާއި ބިޔަ ގަސްތައް ވެސް ސުންނާފަތިވެ ހިނގައްޖެއެވެ.


މި ތޫފާނުގެ އަސަރު ނުފޯރާ އޮތީ ޖާސާންގެ ސަރަހައްދު އެކަންޏެވެ. އެއީ އިސްރާއީލީން ދިރިއުޅެމުން ދިޔަ އަވަށެވެ.


އިސްރާއީލީންގެ ޖަނަވާރުތަކާއި މިޞްރުގެ ޖަނަވާރުތަކާ މެދު މިކަންތަކުގައި ތަފާތު ކުރައްވާނަމޭ. އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވާނެޔޭ.


މާތްރަސްކަލާނގެ މިކަންތައް ކުރެއްވުމުގެ ވަގުތު ކަނޑައަޅުއްވައިފިއޭ. ތިމަންކަލާނގެ މިކަންތައް މާދަމައިން ފެށިގެން ކުރައްވާނަމޭ.⁠‘⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ