5 މާތްރަސްކަލާނގެ މިކަންތައް ކުރެއްވުމުގެ ވަގުތު ކަނޑައަޅުއްވައިފިއޭ. ތިމަންކަލާނގެ މިކަންތައް މާދަމައިން ފެށިގެން ކުރައްވާނަމޭ.‘“
މިފަހަރު ކަލޭމެން އިންކާރު ކޮށްފިނަމަ މާދަމައިން ފެށިގެން ކަލޭމެންގެ މައްޗަށް ގޮއްފުޅަނގީގެ މުސީބާތެއް ފޮނުއްވާނަމޭ.
ތިމަންކަލާނގެ މީހުންނާއި މަނިކުފާނުގެ މީހުން ތިމަންކަލާނގެ ތަފާތު ކުރައްވާނަމޭ. މިމުޢުޖިޒާތް މާދަމާ ފެންނާނެޔޭ.‘“
އެހެން ވިއްޔާ މާދަމާގެ މިވަގުތު ތިބޭފުޅުންގެ މައްޗަށް މިޞްރުގެ ތާރީޚުގައި ވެސް ފެނިފައި ނުވާފަދަ ގެއްލުންބޮޑު ގަނޑުފެނުގެ ތޫފާނެއް ފޮނުއްވާނަމޭ.
އިސްރާއީލީންގެ ޖަނަވާރުތަކާއި މިޞްރުގެ ޖަނަވާރުތަކާ މެދު މިކަންތަކުގައި ތަފާތު ކުރައްވާނަމޭ. އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވާނެޔޭ.
މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެކަންތައް ކުރެއްވިއެވެ. އަނެއް ދުވަހު މިޞްރު މީހުންގެ ގެރިބަކަރި ޖަނަވާރުތައް މަރުވެއްޖެއެވެ. އެކަމަކު އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވެއެވެ.