4 އިސްރާއީލީންގެ ޖަނަވާރުތަކާއި މިޞްރުގެ ޖަނަވާރުތަކާ މެދު މިކަންތަކުގައި ތަފާތު ކުރައްވާނަމޭ. އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވާނެޔޭ.
އެދުވަސްތަކުގައި މީހުންނަކަށް އެކަކު އަނެކަކު އެއްގޮތަކަށް ވެސް ނުފެނެއެވެ. އެކަކަށް ވެސް އެއްތަނުން އަނެއް ތަނަކަށް ނުދެވުނެވެ. އެކަމަކު އިސްރާއީލުގެ މީހުން ތިބި ހިސާބުގައި އަލިކަން ހުއްޓެވެ.
ކަލޭމެންގެ ގޭގެ ދޮރުމަތީ ހާކާފައި ހުރި ލެޔަކީ ކަލޭމެންގެ ގޭގެކަން ދައްކައިދޭނެ ނިޝާނެކޭ. ތިމަންކަލާނގެއަށް އެ ލޭ ފެނުމުން އެގެ ފަހަނަޅައި ދާނަމޭ. މިޞްރު މީހުންގެ މައްޗަށް މި މަރުގެ މުސީބާތް އަންނައިރު ކަލޭމެންނަކަށް މި ކަން ކުރިމައްޗެއް ނުވާނެޔޭ.
ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!“ އެކަމަކު ވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން ވެސް މެއެވެ.
އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.
މި ތޫފާނުގެ އަސަރު ނުފޯރާ އޮތީ ޖާސާންގެ ސަރަހައްދު އެކަންޏެވެ. އެއީ އިސްރާއީލީން ދިރިއުޅެމުން ދިޔަ އަވަށެވެ.
މާތްރަސްކަލާނގެ މިކަންތައް ކުރެއްވުމުގެ ވަގުތު ކަނޑައަޅުއްވައިފިއޭ. ތިމަންކަލާނގެ މިކަންތައް މާދަމައިން ފެށިގެން ކުރައްވާނަމޭ.‘“
މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެކަންތައް ކުރެއްވިއެވެ. އަނެއް ދުވަހު މިޞްރު މީހުންގެ ގެރިބަކަރި ޖަނަވާރުތައް މަރުވެއްޖެއެވެ. އެކަމަކު އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވެއެވެ.