Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:34 - ކިތާބުލް މުޤައްދަސާ

34 އެ ވަރުގަދަ ތޫފާނު ހިމޭންވެގެން ދިޔަތަން ފިރުޢައުނަށް ފެނި ވަޑައިގަތުމުން ވެސް، އެރަސްގެފާނާއި ރަސްގެފާނުގެ ވަޒީރުން އަނެއްކާވެސް ނުކިޔަމަންތެރި ވެއްޖެއެވެ. އެބޭފުޅުންގެ ބޯހަރުކަން އަދިވެސް ބޮޑަށް އިތުރުވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:34
11 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”⁠ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފިރުޢައުނު ވަރަށް ބޯ ހަރުވާނެ. އޭނާ އެމީހުން ދިޔަކަ ނުދޭނެ.


ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ.


މޫސާގެފާނު ފިރުޢައުނުގެ އަރިހުން ރަށްބޭރަށް ނުކުމެ ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު އަތްޕުޅު އުފުއްލަވައި މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. އެއާ އެކު ގުގުރުމާއި ވިދުމާއި ގަނޑުފެނުގެ ތޫފާން މައިތިރިވެއްޖެ އެވެ. އޮހެމުން ދިޔަ ވާރޭ ވެސް ހުއްޓާލައިފި އެވެ.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވި ފަދައިން ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. އަދި އިސްރާއީލީން ދިއުމަކަށް އެރަސްގެފާނު ހުއްދައެއް ވެސް ނުދެއްވިއެވެ.


މިޞްރުގެ މީހުންނާއި ފިރުޢައުނު ފަދައިން ގޮތް ދޫނުކުރަން ނޫޅޭ. މާތްކަލާނގެ އެމީހުންނަށް އެތައް މުސީބާތެއް ކުރިމަތި ކުރެއްވީމާ އެންމެފަހުން އިސްރާއީލުގެ މީހުން ދާނެތަނަކަށް ދާން އެމީހުން ދޫކޮށެއް ނުލައްވާ ތަ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ