މޫސާގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑު ދާން ނުކުންނަމުން މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައިދޭނަން. އޭރުން މާދަމާ ރަސްގެފާނާއި ވަޒީރުންނާއި އެހެން ވެސް މީހުންގެ މަތިން މެހީގެ އުނދަގޫ ފިލައިގެން ދާނެ. އެކަމަކު އަޅުގަނޑު ރަސްގެފާނަށް އިންޒާރުކޮށް ދަންނަވަން، އަނެއްފަހަރު އަޅުގަނޑުމެންނަށް އިތުރުފުޅު ނުހައްދަވާތި. އަޅުގަނޑުމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދިއުން ހުއްޓުވައިގެން ނުވާނެ.“