Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:27 - ކިތާބުލް މުޤައްދަސާ

27 ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”⁠މިފަހަރު އަހަރެން ފާފަވެރި ވެއްޖެ.⁠“ ފިރުޢައުނު އިޢުތިރާފުވެ ވަޑައިގަތެވެ. ”⁠މާތްރަސްކަލާނގެ ވަނީ ޙައްޤު ގޮތުގައި. އަހަންނާއި އަހަރެންގެ މީހުންނަކީ ގޯސް ބައެއް.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:27
20 ပူးပေါင်းရင်းမြစ်များ  

ދެން ދާއޫދުގެފާނު ނާޘާންއަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ފާފަ ކުރެވިއްޖެ!⁠“ ދެން ނާޘާން ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠އެހެންނަމަވެސް މާތްރަސްކަލާނގެ ކަލޭގެފާނަށް އަފޫ ކުރައްވައިފި. ކަލޭގެފާނުގެ ތިޔަފާފައިގެ ސަބަބުން މަރުނުގެންނެވުމަށް އެކަލާނގެ ހިންމަވައިފި.


ފިރުޢައުނު އަވަސް އަވަހަށް މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”⁠އަނެއްފަހަރު ކަލޭމެންނަށާއި ކަލޭމެންގެ އިލާހަށް އަހަރެން ފާފަވެރި ވެއްޖެ.⁠“ ފިރުޢައުނު އިޢުތިރާފު ވެއްޖެއެވެ.


”⁠ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް ދަންނަވައިދީ އަހަރެންގެ ފާފަ މިފަހަރު ފުއްސަވައި ދެއްވާށޭ. މި މަރުގެ އަޒާބު އަހަރެންގެ މަތިން ފިއްލަވައި ދެއްވާށޭ.⁠“


ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”⁠އެންމެ ރަނގަޅު. ދޭ ކަލޭމެންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން. އެކަމަކު އެކަންތައް ކުރަން ވާނީ މިތާ މިރަށުގައި.⁠“


ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.⁠“


”⁠މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.⁠“ އިމާމުން ޖަވާބުގައި ބުންޏެވެ. ”⁠ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟⁠“


”⁠އާދެ! އަޅުގަނޑު ފާފަ ކޮށްފިން. މާތްރަސްކަލާނގެ އަމުރުފުޅާއި އަދި ކަލޭގެފާނުގެ އެންގެވުމާ އަޅުގަނޑު ޚިލާފު ވެއްޖައިން. އަޅުގަނޑުގެ މީހުން ދެކެ ޖެހިލުންވެ އެމީހުންގެ ބަސް އަޑު އެހުނީ.


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑަކީ ފާފަވެރިޔަކީން. އެކަމަކު އަޅުގަނޑުގެ ބޮޑުންގެ ކުރިމަތީގައިއާއި އިސްރާއީލުގެ މީހުންގެ ކުރިމަތީގައި އަޅުގަނޑުގެ އަގުވައްޓަވާ ނުލައްވާ. ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް އަޅުގަނޑާއެކު ވަޑައިގެން ދެއްވާ.⁠“


ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ފާފަވެރި ވެއްޖެ. ދަރިފުޅާ ދާއޫދު އެނބުރި އާދޭ އަހަރެންގެ ގާތަށް. އަހަރެންގެ ފުރާނައަކީ ކަލޭގެ ކުރިމަތީގައި އަގުހުރި އެއްޗެއް ކަން މިއަދު ދައްކައި ދީފީމު. މީގެ ފަހަކުން ކަލެއަށް ގެއްލުމެއް ދޭކަށް ނޫޅޭނަން. އަހަންނަށް މި ކުރެވުނީ ވަރަށް ބޮޑު މޮޔަ ކަމެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ