Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:23 - ކިތާބުލް މުޤައްދަސާ

23 ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އުޑާ ދިމާއަށް ދިއްކުރެއްވުމާއިއެކު ވިދާ ގުގުރައި ގަނޑުފެނުގެ ވާރޭ މުޅި މިޞްރުގެ ބިމަށް ވެހެން ފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:23
22 ပူးပေါင်းရင်းမြစ်များ  

މަތިވެރި މާތްރަސްކަލާނގެ އަލިފާނާއި ސަލްފާގެ ވާރެއެއް ސަދޫމުއާއި ޢަމޫރަތަށް ފޮނުއްވެވިއެވެ.


ތިންވަނައަށް ވީ ދުވަހުގެ ހެނދުނު ގުގުރާލާފައި ވިދާލިއެވެ. އަދި ބޯ ކޮޅިގަނޑެއް ޠޫރުސީނާ ފަރުބަދައިގެ މައްޗަށް ތިރިވެއްޖެއެވެ. ދެން ވަރަށް ދިގުކޮށް ވަރަށް ބާރަށް ފުއްލާ ދަޅެއްގެ ތާޅަފިއްޔެއްގެ އަޑު އިވެން ފަށައިފިއެވެ. އެމީހުންތައް ބިރުން ތުރުތުރު އަޅައިގެންފިއެވެ.


ޠޫރުސީނާގެ މަތިން އިވުނު ގަދަ ގުގުރީގެ އަޑުފަށްގަނޑާއި ވިދާލާ ވިދުވަރުންނާއި އިވޭ ތާޅަފިލީގެ ޒީލަ އަޑުގަދަކަމުންނާއި އަރާ ދުން ބޯކަމުން މީހުންނަކަށް ކައިރިވާކަށް ނުކެރުނެވެ. އެމީހުން ތިބީ ބިރުން ތުރުތުރުއަޅާލަ އަޅާލައެވެ.


އެހެން ވިއްޔާ މާދަމާގެ މިވަގުތު ތިބޭފުޅުންގެ މައްޗަށް މިޞްރުގެ ތާރީޚުގައި ވެސް ފެނިފައި ނުވާފަދަ ގެއްލުންބޮޑު ގަނޑުފެނުގެ ތޫފާނެއް ފޮނުއްވާނަމޭ.


މިވަރުގެ ގަދަފަދަ ތޫފާނެއް މުޅި މިޞްރުގެ ތާރީހުގައި ވެސް ފެނިފައެއް ނުވެއެވެ. މިއީ މެދުކެނޑުމެއް ނެތި ވިދާ ގުގުރަމުން ވެހެމުން ދިޔަ ގަނޑުފެނުގެ ފަނާ ކުރަނިވި ގަދަ ތޫފާނެކެވެ.


ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި އެކު ބިންހެލުމެއް ކުރިމަތިވިއެވެ. އެއީ ދުނިޔޭގައި އިންސާނުން އުފެއްދެވީއްސުރެން ދުވަހަކުވެސް އައިސްފައި ނުވާ ފަދަ ބިންހެލުމެކެވެ.


ގަދަފަދަ ވެގެންވާ ގަނޑުފެނުގެ ބޮޑެތި ގުޅަތަކެއް އޮހުނެވެ. އެއިން ކޮންމެ ގުޅައެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ސަތޭކަ ރާތާ ހުއްޓެވެ. އުޑުން އެ ގުޅަތައް މީސްތަކުންގެ މައްޗަށް ފޮނުވަމުން ދިޔައެވެ. ގަނޑުފެނުގެ ތޫފާނުގެ މުސީބާތުގެ ބޮޑުކަމުން އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސް ބުނެ ހެދިއެވެ.


އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަދި އަލިފާން ލެއާއި އެކު މަސްހުނިވެ ނުހަނު ގިނައިން ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ