Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:2 - ކިތާބުލް މުޤައްދަސާ

2-3 މަނިކުފާނު އެމީހުން ދިޔަ ނުދީ ހިފަހައްޓައިގެން އުޅުއްވާނަމަ މާތްރަސްކަލާނގެ އަތްޕުޅު އުފުއްލަވައި މިރަށުގެ ހުރިހާ ޖަނަވާރުތަކަށް މުސީބާތެއް ފޮނުއްވާފާނެޔޭ. އެ މުސީބާތް ފޮނުއްވާނީ މަނިކުފާނުގެ އަސްތަކާއި ހިމާރުތަކާއި ޖަމަލު ތަކާއި ގެރިބަކަރި ކަންބަޅިތަކަށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:2
15 ပူးပေါင်းရင်းမြစ်များ  

މިފަހަރު ކަލޭމެން އިންކާރު ކޮށްފިނަމަ މާދަމައިން ފެށިގެން ކަލޭމެންގެ މައްޗަށް ގޮއްފުޅަނގީގެ މުސީބާތެއް ފޮނުއްވާނަމޭ.


އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!⁠‘⁠“


އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’⁠ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.⁠‘⁠“


މަނިކުފާނު މިކަމާ ދެކޮޅު ހައްދަވައިފިނަމަ ތިޔަ ރަށަށް ބޮކުގެ މުސީބާތެއް ފޮނުއްވާނަމޭ.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ގޮސް ފިރުޢައުނުގެ ކުރިފުޅުމައްޗަށް ދޭ. ގޮސް ބުނޭ، ’⁠މިއީ ޢިބްރާނީންގެވެރި އިލާހު، މާތްރަސްކަލާނގެ ވަޙީބަސްފުޅޭ. ތިމަންކަލާނގެ މީހުން ތިމަން ކަލާނގެއަށް އަޅުކަން ކުރަން ދިޔަ ދެއްވާށޭ.


އެ ގަދަހޫނުން އެބައިމީހުން އަނދައިގެން ދިޔައެވެ. އަދި އެ މުސީބާތްތައް ފޮނުއްވީތީ މާތްރަސްކަލާނގެ ނަންފުޅަށް އެބައިމީހުން ކުފުރުގެ ބަސްތައް ބުންޏެވެ. ނަމަވެސް އެބައިމީހުން ތައުބާނުވެ އެކަލާނގެ ޖަލާލުވަންތަކަމާއިމެދު އިންކާރު ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ