ނެރުއްވުން 9:18 - ކިތާބުލް މުޤައްދަސާ18 އެހެން ވިއްޔާ މާދަމާގެ މިވަގުތު ތިބޭފުޅުންގެ މައްޗަށް މިޞްރުގެ ތާރީޚުގައި ވެސް ފެނިފައި ނުވާފަދަ ގެއްލުންބޮޑު ގަނޑުފެނުގެ ތޫފާނެއް ފޮނުއްވާނަމޭ. အခန်းကိုကြည့်ပါ။ |
އެއެއްޗެހި އައިސް ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތަކަށާއި މަނިކުފާނުގެ މީހުންގެ ގޭގެއާއި ތަންތަނަށް ވަދެގަންނާނެޔޭ. މިޞްރުގެ ތާރީޚުގައި ވެސް އަދި ކަލޭމެންގެ ކާބަފައިންގެ ތާރީޚުގައި ވެސް މިފަދަ ތޫފާނެއް ދެކެފައެއް ނުވާނެޔޭ.‘“ މިހެން ވިދާޅުވެފައި މޫސާގެފާނު އެނބުރި ވަޑައިގެން ފިރުޢައުނުގެ ގާތުން ވަޑައިގެންފިއެވެ.
ގަދަފަދަ ވެގެންވާ ގަނޑުފެނުގެ ބޮޑެތި ގުޅަތަކެއް އޮހުނެވެ. އެއިން ކޮންމެ ގުޅައެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ސަތޭކަ ރާތާ ހުއްޓެވެ. އުޑުން އެ ގުޅަތައް މީސްތަކުންގެ މައްޗަށް ފޮނުވަމުން ދިޔައެވެ. ގަނޑުފެނުގެ ތޫފާނުގެ މުސީބާތުގެ ބޮޑުކަމުން އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސް ބުނެ ހެދިއެވެ.