Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:16 - ކިތާބުލް މުޤައްދަސާ

16 އެކަމަކު އެކަންތައް ތިމަން ކަލާނގެ ނުކުރައްވައި މިހުންނެވީ ވަކި މަގުސަދަކަށްޓަކައޭ. އެއީ ތިމަންކަލާނގެ ކުޅަދުންވަންތަކަން މަނިކުފާނަށް ދައްކަވައި ތިމަންކަލާނގެ ނަންފުޅު ދުނިޔޭގައި ދެންތިބިހާ ބަޔަކަށް ދައްކަވައި ހާމަ ކުރެއްވުމަށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:16
30 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލުން ފަދަ އެހެން ބައެއް ކޮބައިތޯ؟ ދުނިޔޭގެ ބިންމަތީގައި އެކަލާނގެއަށް ޚާއްސަ ކުރެއްވި އެހެން ޤައުމެއް ވޭތޯ؟ މިޞްރުގެ އަޅުންގެ ގޮތުގައި ތިއްބައި އެ އަޅުވެތިކަމުން އެމީހުން ސަލާމަތް ކުރައްވައި އިނބަރަސްކަލާނގެ ނަންފުޅު މަތިވެރި ކުރެއްވުމަށްޓަކައި ހައިރާންވަނިވި ބޮޑެތި މުޢުޖިޒާތްތައް ދައްކަވައި އެހެނިހެން ޤައުމުތަކާއި އެމީހުންގެ ކަލުންތައް އަޅަމެންގެ ކުރިމަތީގައި ފައްސަވާލެއްވީ އިނބަރަސްކަލާނގެ.


އަހަރެން މިޞްރު މީހުންގެ ގޮތްދޫނުކުރާނެހެން ހަދާނަން. އޭރުން އެމީހުން ކަލޭމެންގެ ފަހަތުން ދާނެ. ފިރުޢައުނަށާއި އޭނާގެ ސިފައިންނާއި އަސްވާރުންނާއި އަސްގާޑިޔާތަކުގެ މައްޗަށް ފަތަޙަ ހޯދުމުން އެކަމުގެ ސަބަބުން އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އުފުލިގެންދާނެ.


އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!⁠“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.


މިހާރު އަހަންނަށް އެނގިއްޖެ މާތްރަސްކަލާނގެއަކީ ހުރިހާ އިލާހުންނަށް ވުރެން މަތިވެރި ކަލާނގެއެއް ކަން. އެހެނީ މިޞްރުގެ އެ ގަދަފަދަ ބޮޑާ އަނިޔާވެރި މީހުންގެ އަތްދަށުން އެކަލާނގެ އެމީހުންތައް ސަލާމަތް ކޮށްދެއްވައިފި.⁠“


މިހާރު ތިމަންކަލާނގެ ބޭނުންފުޅުނަމަ ތިމަންކަލާނގެ އަތްޕުޅު އުފުއްލަވައި މަނިކުފާނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ވަބާއެއް ފޮނުއްވައި މިދުނިޔޭގެ ބިމުން ތިޔަ ހުރިހާއެންމެން ފުހެލެއްވީމުހޭ.


މިހެން ކަންތައް ހުރި އިރު ވެސް މަނިކުފާނު ތިޔަ އުޅުއްވަނީ އަދިވެސް ތިމަންކަލާނގެ މީހުންގެ މައްޗަށް ގަދަ ބާރު ހިންގަވައި އެމީހުން ދިޔަ ނުދެއްވަން ކަމަށޭ.


މާތްރަސްކަލާނގެ ހުރިހާ އެއްޗެއް ހެއްދެވީ ވަކި މަގުސަދަކަށެވެ. ނުބައިމީހުން ވަނީ އަދަބު ދެވޭ ދުވަހަށްޓަކައެވެ.


އެހެންވީމާ، ސާހިބުން އިންސާފެއްނެތި ތިޔަބައިމީހުންނަށް ވޭންތައް ކުރިމަތިކުރަމުން ދާ ހިނދު ތިޔަބައިމީހުން އެކަލާނގެ މަތިން ހަނދުމަކޮށް ކެތްތެރިވަމުން ދާނަމަ އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބަރަކާތްލައްވާނެއެވެ.


އަދި ”⁠އެކަލޭގެފާނީ މީސްތަކުން އަޅައިގެން ވެއްޓިދާފަދަ ހިލައެކެވެ. އަދި މީސްތަކުން އެ ހިލައިގެ މައްޗަށް ވެއްޓިދެއެވެ.⁠“ އެބައިމީހުން ވެއްޓިގެންދަނީ މާތްރަސްކަލާނގެ ބަސްފުޅު އަޑުނޭހުމުގެ ސަބަބުންނެވެ. އެހެންވީމާ މާތްރަސްކަލާނގެ ރާއްވަވާފައިވާ ގޮތުގެ މަތިން އެބައިމީހުން ތަގުދީރާއި ކުރިމަތިލައެވެ.


އަހަރެން މިފަދައިން ބުނަން ޖެހުނު ސަބަބަކީ ދީނެއް ނެތް ބަޔަކު ތިޔަބައިމީހުންގެ ތެރެއަށް ކަތުރުފަނިތަކެއް ހެން ވަދެގަނެ އެކަލޭގެފާނު އެންގެވި ހެޔޮޚަބަރުފުޅު އޮޅުވާލަމުން ގެންދާތީއެވެ. އެބައިމީހުން ބުނަމުން ދަނީ އަހަރެމެން ނުބައިނުލަފާ ގޮތްގޮތަށް އުޅުނަކަސް މާތްކަލާނގެ މަތިވެރި ނިޢުމަތްފުޅުން އަހަރެމެން ކުށްވެރި ނުކުރައްވާނެ ކަމަށެވެ. އެމީހުން ވަނީ އަހަރެމެންގެ ސާހިބާ އީސާ އަލްމަސީޙު ދޮގުކޮށްފައެވެ. މިފަދަ މީހުންނަށް ހުރި ޢުޤޫބާތުގެ ވާހަކަ މީގެ އެތައް ޒަމާނެއްގެ ކުރީގައި ވެސް ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ.


އަހަރެމެންގެ ދުވަސް ހިނގައްޖެ. އެފަދަ ބާރުގަދަ ކަލުންގެ ކިބައިން އަހަރެމެން ރައްކާތެރިކޮށް ދޭނީ ކާކު؟ އެއީ މިޞްރުގެ މީހުންނަށް ހަނަފަސް ސަހަރާގައި އެކިކަހަލަ ބަލިތައް ފޮނުއްވައި އެމީހުން ނައްތާލެއްވި ކަލުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ