Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:15 - ކިތާބުލް މުޤައްދަސާ

15 މިހާރު ތިމަންކަލާނގެ ބޭނުންފުޅުނަމަ ތިމަންކަލާނގެ އަތްޕުޅު އުފުއްލަވައި މަނިކުފާނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ވަބާއެއް ފޮނުއްވައި މިދުނިޔޭގެ ބިމުން ތިޔަ ހުރިހާއެންމެން ފުހެލެއްވީމުހޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:15
13 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލުން ފަދަ އެހެން ބައެއް ކޮބައިތޯ؟ ދުނިޔޭގެ ބިންމަތީގައި އެކަލާނގެއަށް ޚާއްސަ ކުރެއްވި އެހެން ޤައުމެއް ވޭތޯ؟ މިޞްރުގެ އަޅުންގެ ގޮތުގައި ތިއްބައި އެ އަޅުވެތިކަމުން އެމީހުން ސަލާމަތް ކުރައްވައި އިނބަރަސްކަލާނގެ ނަންފުޅު މަތިވެރި ކުރެއްވުމަށްޓަކައި ހައިރާންވަނިވި ބޮޑެތި މުޢުޖިޒާތްތައް ދައްކަވައި އެހެނިހެން ޤައުމުތަކާއި އެމީހުންގެ ކަލުންތައް އަޅަމެންގެ ކުރިމަތީގައި ފައްސަވާލެއްވީ އިނބަރަސްކަލާނގެ.


ކަނޑުގެ ލޮނުގަނޑު އައިސް އަސްވާރުންނާއި އަސްގާޑިޔާތަކާއި ފިރުޢައުނުގެ ލަޝްކަރު އެއްކޮށް ގަންބާލިއެވެ. އިސްރާއީލީން ފަހައި އައި މިޞްރުގެ އެންމެން ޣަރަގުވެ ހިނގައްޖެއެވެ. އޭގެ އެކަކު ވެސް ސަލާމަތެއް ނުވެއެވެ.


އެހެންކަމުން އަހަރެންގެ އަތް އުފުލާ ޖަހައި މިޞްރު މީހުން ބިރުން ފިތްކަނޑައިގެންދާ ފަދަ ގަދަފަދަ މުޢުޖިޒާތްތަކެއް ދައްކާނަން. އޭގެ ފަހުން އެ ރަސްގެފާނު ކަލޭމެން ދިއުމުގެ ހުއްދަދެއްވާނެ.


މަނިކުފާނު އެކަންތައް އެ ގޮތަށް ނުކުރައްވައިފިނަމަ އިތުރު މުސީބާތްތައް މަނިކުފާނަށާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ފޮނުއްވާނަމޭ. އޭރުން ތިމަންކަލާނގެ ފަދަ ދެވަނަ ފަރާތެއް މިދުނިޔެމަތީގައި ނުވާކަން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެޔޭ.


އެކަމަކު އެކަންތައް ތިމަން ކަލާނގެ ނުކުރައްވައި މިހުންނެވީ ވަކި މަގުސަދަކަށްޓަކައޭ. އެއީ ތިމަންކަލާނގެ ކުޅަދުންވަންތަކަން މަނިކުފާނަށް ދައްކަވައި ތިމަންކަލާނގެ ނަންފުޅު ދުނިޔޭގައި ދެންތިބިހާ ބަޔަކަށް ދައްކަވައި ހާމަ ކުރެއްވުމަށޭ.


މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެކަންތައް ކުރެއްވިއެވެ. އަނެއް ދުވަހު މިޞްރު މީހުންގެ ގެރިބަކަރި ޖަނަވާރުތައް މަރުވެއްޖެއެވެ. އެކަމަކު އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވެއެވެ.


ބިމުން ބޭރުކޮށްލެވޭނީ ނުބައި ނުލަފާ މީހުންނެވެ. މުލުން ލުހެލެވޭނީ ޣައްދާރުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ