Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:14 - ކިތާބުލް މުޤައްދަސާ

14 މަނިކުފާނު އެކަންތައް އެ ގޮތަށް ނުކުރައްވައިފިނަމަ އިތުރު މުސީބާތްތައް މަނިކުފާނަށާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ފޮނުއްވާނަމޭ. އޭރުން ތިމަންކަލާނގެ ފަދަ ދެވަނަ ފަރާތެއް މިދުނިޔެމަތީގައި ނުވާކަން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެޔޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:14
27 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ މަތިވެރިކަން ކިހާ މަތިވެރިތޯ! ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން ފަރާތެއް ނުވޭ. އެފަދަކަލެއްގެ ވާހަކަ އަޅަމެންގެ ކަންފަތަށް އިވިފައިއެއް ވެސް ނުވޭ.


ކަލުންތަކުގެ ތެރޭގައި އިނބަރަސްކަލާނގެ ފަދަ ހުރީ ކޮން ކަލެއް ތޯ؟ އިނބަރަސްކަލާނގެ ޖަލާލުވަންތަ ކަމާއި މާތްކަމުގެ ކޮޅެއް ކޮބައިތޯ؟ މަތިވެރި ތިޔަފަދަ މުޢުޖިޒާތެއް ދެއްކޭނެ އެކަކު ވެސް ކޮބައިތޯ؟


ފިރުޢައުނު ވިދާޅުވިއެވެ. ”⁠މާދަމާ ދުޢާ ދަންނަވާ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. ރަސްގެފާނު އެދި ވަޑައިގެންނެވި ގޮތަށް ތިޔަ ކަންތައް ކޮށްދޭނަން. އޭރުން ރަސްގެފާނަށް އެނގި ވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން އިލާހެއް ނުވާކަން.


ހާރޫނުގެފާނު އެކަލޭގެފާނުގެ އަތްޕުޅު މިޞްރުގެ ހުރިހާ ފެންފެންގަނޑެއްގެ މައްޗަށް އުފުއްލެވުމުން ބޮއްތައް އައިސް މުޅި މިޞްރުގެ ބިން ފުރާލައިފިއެވެ.


މިހާރު ތިމަންކަލާނގެ ބޭނުންފުޅުނަމަ ތިމަންކަލާނގެ އަތްޕުޅު އުފުއްލަވައި މަނިކުފާނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ވަބާއެއް ފޮނުއްވައި މިދުނިޔޭގެ ބިމުން ތިޔަ ހުރިހާއެންމެން ފުހެލެއްވީމުހޭ.


މިސަބަބަށްޓަކައި އެއްދުވަހަކުން އޭނާގެ މައްޗަށް މުސީބާތްތައް ފޮނުއްވޭނެ. ބަލިމަޑުކަމާއި ހިތާމައާއި ބަނޑުހައިހޫނުކަން ފޮނުއްވޭނެ. އަދި އޭނާ އަލިފާނުގައި އަންދާލެވޭނެ. އެހެނީ އޭނާގެ މައްޗަށް އިންސާފު ކުރައްވާ ސާހިބުވަންތަ ކަލާނގެ އަކީ ބާރުފުޅު ގަދަ ކަލެއް.⁠“


އަހަރެން، ޔޫޙަންނާ މިފޮތުގައިވާ އެންމެހާ ޣައިބުގެ ޚަބަރުފުޅުތައް އަޑުއެހި ހުރިހާ އެންމެންނަށް އިންޒާރު ކުރަމެވެ. މި ތަކެއްޗަށް ތިޔަބައިމީހުން އެއްވެސް އެއްޗެއް އިތުރުކޮށްފި ކަމުގައިވާނަމަ މި ފޮތުގައި ބަޔާންކުރެވިގެންވާ ނުބައި މުސީބާތްތައް އެ ފަރާތަކަށް މާތްރަސްކަލާނގެ އިތުރު ކުރައްވާނެއެވެ.


އަހަރެމެންގެ ދުވަސް ހިނގައްޖެ. އެފަދަ ބާރުގަދަ ކަލުންގެ ކިބައިން އަހަރެމެން ރައްކާތެރިކޮށް ދޭނީ ކާކު؟ އެއީ މިޞްރުގެ މީހުންނަށް ހަނަފަސް ސަހަރާގައި އެކިކަހަލަ ބަލިތައް ފޮނުއްވައި އެމީހުން ނައްތާލެއްވި ކަލުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ