Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:13 - ކިތާބުލް މުޤައްދަސާ

13 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ގޮސް ފިރުޢައުނުގެ ކުރިފުޅުމައްޗަށް ދޭ. ގޮސް ބުނޭ، ’⁠މިއީ ޢިބްރާނީންގެވެރި އިލާހު، މާތްރަސްކަލާނގެ ވަޙީބަސްފުޅޭ. ތިމަންކަލާނގެ މީހުން ތިމަން ކަލާނގެއަށް އަޅުކަން ކުރަން ދިޔަ ދެއްވާށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:13
5 ပူးပေါင်းရင်းမြစ်များ  

އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!⁠‘⁠“


ވީމާ ފިރުޢައުނު ހެނދުނު ނީލަ ކޯރުދޮށަށް ދާއިރު އެތަނަށް ދޭ. ގޮސް ނީލަ ކޯރުދޮށުގައި އޭނާ އަންނަންދެން ތިބޭ. ކަލޭމެން ދާއިރު ހަރުފައަށް ބަދަލުވި ދަނޑިބުރި ގެންދާތި.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ފިރުޢައުނު ނީލަކޯރަށް ވަޑައިގަންނަވާ މަގުމައްޗަށް ދޭ. ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ މިފަދައިން ވަޙީކުރެއްވިއޭ: ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރަން ދިޔަދެއްވާށޭ.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފިރުޢައުނުގެ ގާތަށް ދޭ. ގޮސް ބުނޭ، ’⁠ޢިބްރާނީންގެ އިލާހު، މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ. ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރުމަށް ފޮނުވާލަ ދެއްވާށޭ.


މަނިކުފާނު އެމީހުން ދިޔަ ނުދީ ހިފަހައްޓައިގެން އުޅުއްވާނަމަ މާތްރަސްކަލާނގެ އަތްޕުޅު އުފުއްލަވައި މިރަށުގެ ހުރިހާ ޖަނަވާރުތަކަށް މުސީބާތެއް ފޮނުއްވާފާނެޔޭ. އެ މުސީބާތް ފޮނުއްވާނީ މަނިކުފާނުގެ އަސްތަކާއި ހިމާރުތަކާއި ޖަމަލު ތަކާއި ގެރިބަކަރި ކަންބަޅިތަކަށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ