Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 9:12 - ކިތާބުލް މުޤައްދަސާ

12 އޭރު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ބޯހަރު ކުރައްވާފައެވެ. އެހެންވެ ފިރުޢައުނު މޫސާގެފާނުގެ ބަސްފުޅެއް ނޭހިއެވެ. އެކަން ހިނގީ ހަމަ އެކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވި ފަދައިންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 9:12
13 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަލުން ފިރުޢައުނު ގާތަށް ގޮސް ކަލޭ ތިޔަ އެދޭ ކަންތައް ހުށަހަޅާ. އަހަރެން މިވަނީ އޭނާއާއި އޭނާގެ ވަޒީރުންގެ ބޯހަރު ކޮށްފަ. އެގޮތުން އަހަރެންގެ މުޢުޖިޒާތްތަކާއި ހެކިތައް އެމީހުންތެރޭގައި ދައްކާލެވޭނެ.


އެކަމަކު ވެސް މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. ފިރުޢައުނު އެމީހުން ދިޔަކަ ނުދެއްވިއެވެ.


މޫސާގެފާނާއި ހާރޫނުގެފާނު މި މުޢުޖިޒާތްތަށް ފިރުޢައުނުގެ ކުރިފުޅުމަތީގައި ދެއްކެވިއެވެ. އެކަމަކު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ހިތް ހަރު ކުރައްވާފައެވެ. އެހެންކަމުން އޭނާ އިސްރާއީލުންގެ މީހުން ދިޔަކަ ނުދިނެވެ.


މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތްޕުޅު ހަރު ކުރައްވާފައި ވާތީ އެ ރަސްގެފާނު އިސްރާއީލުގެ މީހުންގެ ފަހަތުން ވަޑައިގެންނެވިއެވެ. އޭރު އިސްރާއީލީން ދެކޮޅުވެރިކަމާއެކު ގޮށްމުށް އުކަމުން ކުރިޔަށް ދިޔައެވެ.


މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”⁠ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ.


ދެން ވެސް ފިރުޢައުނު ކަލޭމެން ބުނާ ގޮތެއް ނަހަދާނެ. އެހެންކަމުން އަހަރެން މިޞްރުގެ މީހުންނަށް ވަރުގަދަ އަހުވައެއް ދައްކައި ނިހާޔަތުގެ އިންސާފުވެރިގޮތުގައި އަހަރެންގެ މީހުން މިޞްރުގެ ބިމުން ފައުޖުތަކެއްގެ ގޮތުގައި ނެރޭނަން.


ދެން ފިރުޢައުނު ރަސްގެފާނުގެ ވަޒީރުން ފޮނުއްވައިގެން މިކަންތައް ތަޙުޤީޤު ކުރައްވައިފިއެވެ. އެއީ ތެދެކެވެ. އިސްރާއީލުގެ މީހުންގެ އެންމެ ޖަނަވާރެއް ވެސް މަރުވެފައެއް ނެތެވެ. އެހެން ވިޔަސް ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. ރަސްގެފާނު އެމީހުން ދިޔަކަ ނުދެއްވިއެވެ.


”⁠މާތްރަސްކަލާނގެ މީސްތަކުންގެ ލޯތައް އަނދިރި ކުރައްވައި އެމީހުންގެ ހިތްތައް ހަރުކުރައްވައިފިއެވެ. އެކަލާނގެ އެފަދައިން ކަންކުރެއްވީ އެމީހުންނަށް އެކަންތައް ވިސްނުނަ ނުދެއްވުމަށާއި އެކަންތައް އެމީހުންނަށް ނުދެއްކެވުމަށެވެ. އަދި އެމީހުންނަށް ޝިފާ ލިބިގަތުމަށްޓަކައި އެކަލާނގެ ކިބަފުޅަށް އައުމުގެ މަގު ވެސް ނުދެއްކެވުމަށެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ