11 ސިހުރުވެރިންނަށް ވެސް މޫސާގެފާނުގެ ކުރިފުޅުމައްޗަކަށް ނާދެވުނެވެ. އެއީ އެމީހުންގެ މުޅި ގައިގައި ވެސް އެހެނިހެން މިޞްރުގެ މީހުންނެކޭ އެއްފަދައިން ފޮޅުތައް ނަގާފައި ހުރީމައެވެ.
ދެން މިޞްރު މީހުން އެބޮއްތައް ނެރެ ފުނި ޖަހައިފިއެވެ. އެއާއެކު މުޅި މިޞްރު ކުނިވަހުން އެއްވަސް ވެއްޖެއެވެ.
ދެން އެދެބޭލަކުން އަޅި މުށެއް ހިއްޕަވައިގެން ވަޑައިގެން ފިރުޢައުނުގެ ކުރިފުޅުމަތީ ހުއްޓި ވަޑައިގަތެވެ. މޫސާގެފާނު އެ އަޅި މުށްވަރު ވައިގެތެރެއަށް ބުރުއްސަވާ ލައްވައިފިއެވެ. އެ ހިނދު މީސްމީހުންނާއި ޖަނަވާރުތަކުގެ ގައިގައި ފޮޅުނަގައި ފާރު ހެދެން ފަށައިފިއެވެ.
އެ އަޅި ހިމުން ހިރަފުސް ފަދައިން މިޞްރުގެ ބިމަށް ފެތުރިގެން ދާނެ. އެއާއެކު މިޞްރުގެ ހުރިހާ މީހުންނާއި ތިބިހާ ޖަނަވާރުތަކެއްގެ ގައިގައި ފޮޅުނަގައި ފާރުވާނެ.“
ފުރަތަމަ މަލާއިކަތާ ވަޑައިގެން އެ މަލާއިކަތާގެ ބޯތަށިކޮޅު ދުނިޔޭގެ ބިމަށް އޮއްސާލެއްވިއެވެ. އެ ހިނދު، ކަނޑު ދާއްބައާއި އޭނާގެ ސޫރައަށް އަޅުކަންކުރި މީހުންނާއި އަދި އޭތީގެ ފާހަގަ ޖެހިފައިވާ މީސްތަކުންގެ ހަށިގަނޑުގައި ނުހަނު ހުތުރު ދޮސްހެދިފައިވާ ފާރުތަކެއް އުފެދުނެވެ.