Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 8:8 - ކިތާބުލް މުޤައްދަސާ

8 ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 8:8
24 ပူးပေါင်းရင်းမြစ်များ  

ފިރުޢައުނު އަވަސް އަވަހަށް މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”⁠އަނެއްފަހަރު ކަލޭމެންނަށާއި ކަލޭމެންގެ އިލާހަށް އަހަރެން ފާފަވެރި ވެއްޖެ.⁠“ ފިރުޢައުނު އިޢުތިރާފު ވެއްޖެއެވެ.


”⁠ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް ދަންނަވައިދީ އަހަރެންގެ ފާފަ މިފަހަރު ފުއްސަވައި ދެއްވާށޭ. މި މަރުގެ އަޒާބު އަހަރެންގެ މަތިން ފިއްލަވައި ދެއްވާށޭ.⁠“


އެހެންވެ ރަސްގެފާނުގެ ގަނޑުވަރުން ވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް މޫސާގެފާނު ދުޢާ ދަންނަވައިފިއެވެ.


ފިރުޢައުނު ރަސްގެފާނަށް އިސްރާއީލީން ފިލައިގެން ދިޔަ ޚަބަރު ލިބި ވަޑައިގަތުމުން ރަސްގެފާނާއި ވަޒީރުންގެ ޚިޔާލު ބަދަލުވެއްޖެއެވެ. ”⁠އަހަރެމެން އިސްރާއީލު އަޅުން ދިޔަ ދިނީ ކީއްވެ؟ އަހަރެމެން މިކުރީ ކީއް ހޭ؟⁠“ ކިޔައިގެން އެމީހުން ސުވާލު ކުރިއެވެ.


އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”⁠އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟


ފިރުޢައުނު ވިދާޅުވިއެވެ. ”⁠ތިޔަ ބުނާ މާތްރަސްކަލާނގެ އަކީ ކާކުތަ؟ ތިޔައަކީ އަހަރެން ދަންނަ ކަލެއް ނޫން. އަހަރެން ތިޔަ ކަލަކު ބުނާގޮތެއް ހަދަންވީ ކީއްވެ؟ އަހަރެން އެމީހުން ދިޔަކަ ނުދޭނަން!⁠“


ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ.


މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ދާން ނުކުންނަމުން މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައިދޭނަން. އޭރުން މާދަމާ ރަސްގެފާނާއި ވަޒީރުންނާއި އެހެން ވެސް މީހުންގެ މަތިން މެހީގެ އުނދަގޫ ފިލައިގެން ދާނެ. އެކަމަކު އަޅުގަނޑު ރަސްގެފާނަށް އިންޒާރުކޮށް ދަންނަވަން، އަނެއްފަހަރު އަޅުގަނޑުމެންނަށް އިތުރުފުޅު ނުހައްދަވާތި. އަޅުގަނޑުމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދިއުން ހުއްޓުވައިގެން ނުވާނެ.⁠“


އެކަމަކު މިފަހަރު ވެސް ރަސްގެފާނުގެ ގޮތްކޮޅެއް ދުލެއް ނުކުރެއްވިއެވެ. ހަމަހިލާ އެމީހުން ދިޔަކަ ނުދެއްވިއެވެ.


މޫސާގެފާނު ވިދާޅުވިއެވެ. ”⁠ރަސްގެފާނު ވަގުތެއް ކަނޑައަޅުއްވާ! ރަސްގެފާނަށާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންނަށްޓަކައި އަޅުގަނޑު ދުޢާ ދަންނަވަން މަނިކުފާނު އެދި ވަޑައިގަންނަވާ ވަގުތެއް ވިދާޅުވޭ. އޭރުން ރަސްގެފާނާއި ރަސްގެފާނުގެ ގަނޑުވަރުތަކުން ބޮކުގެ މުސީބާތް ފިލައިގެން ދާނެ. އޭގެ ފަހުން ނީލަ ކޯރު ނޫންތަނެއްގައި ބޮކެއް ނުއުޅޭނެ.⁠“


ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”⁠މިފަހަރު އަހަރެން ފާފަވެރި ވެއްޖެ.⁠“ ފިރުޢައުނު އިޢުތިރާފުވެ ވަޑައިގަތެވެ. ”⁠މާތްރަސްކަލާނގެ ވަނީ ޙައްޤު ގޮތުގައި. އަހަންނާއި އަހަރެންގެ މީހުންނަކީ ގޯސް ބައެއް.


މާތްރަސްކަލާނގެއަށް އާދޭސް ދަންނަވާ، މި ބިރުވެރިކަން ބޮޑު ގުގުރުމާއި ގަނޑުފެނުގެ ތޫފާން ހުއްޓުވައި ދެއްވުން އެދޭ. މިހާރު ފުދޭވަރު ވެއްޖެ. މިފަހަރު އަހަރެން ކަލޭމެން ދިޔަ ދޭނަން. ކަލޭމެން ހިނދުކޮޅަކު ވެސް މަޑުކުރާނެ ކަމެއް ނެތް.⁠“


މޫސާގެފާނު ފިރުޢައުނުގެ އަރިހުން ރަށްބޭރަށް ނުކުމެ ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު އަތްޕުޅު އުފުއްލަވައި މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. އެއާ އެކު ގުގުރުމާއި ވިދުމާއި ގަނޑުފެނުގެ ތޫފާން މައިތިރިވެއްޖެ އެވެ. އޮހެމުން ދިޔަ ވާރޭ ވެސް ހުއްޓާލައިފި އެވެ.


ސައިމަން ބުންޏެވެ. ”⁠ތިޔަ ބުނި ފަދަ ދެރަ ނުބައިކަންތައް އަހަރެންނާ ދޭތެރޭ ނުވުމަށް އެދި ތިޔައިގެ ދެމީހުން އަހަރެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކޮށް ދީ.⁠“


ދެން އެމީހުން ޞަމޫއީލްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް އަޅުގަނޑުމެން މިކުރި ފާފައިގެ ސަބަބުން އަޅުގަނޑުމެންނަށް މުސީބާތެއް ނުފޮނުއްވުން އެދި ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ދެއްވާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ