Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 8:6 - ކިތާބުލް މުޤައްދަސާ

6 ހާރޫނުގެފާނު އެކަލޭގެފާނުގެ އަތްޕުޅު މިޞްރުގެ ހުރިހާ ފެންފެންގަނޑެއްގެ މައްޗަށް އުފުއްލެވުމުން ބޮއްތައް އައިސް މުޅި މިޞްރުގެ ބިން ފުރާލައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 8:6
17 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ މަތިވެރިކަން ކިހާ މަތިވެރިތޯ! ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން ފަރާތެއް ނުވޭ. އެފަދަކަލެއްގެ ވާހަކަ އަޅަމެންގެ ކަންފަތަށް އިވިފައިއެއް ވެސް ނުވޭ.


އަހަރެން މި މުޢުޖިޒާތްތައް މި ދައްކަނީ ކަލޭގެ ދަރިންނާއި ކަލޭގެ ކާފަ ދަރިންނަށް ތިމަންކަލާނގެ ކުޅަދުންވަންތަ ޢަލާމާތްތަކުގެ ވާހަކަ ބުނެ ދެވޭނެ ގޮތް ވުމަށާއި މިޞްރުގެ މީހުން މޮޔަ ހެއްދުމުގެ ގޮތުން ވެސް މެ. މިގޮތުން ކަލޭމެން އެންމެންނަށް ފެނިގެންދާނެ މާތްރަސްކަލާނގެއަކީ އަހަރެންކަން.⁠“


ކަލުންތަކުގެ ތެރޭގައި އިނބަރަސްކަލާނގެ ފަދަ ހުރީ ކޮން ކަލެއް ތޯ؟ އިނބަރަސްކަލާނގެ ޖަލާލުވަންތަ ކަމާއި މާތްކަމުގެ ކޮޅެއް ކޮބައިތޯ؟ މަތިވެރި ތިޔަފަދަ މުޢުޖިޒާތެއް ދެއްކޭނެ އެކަކު ވެސް ކޮބައިތޯ؟


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެފާނު ގާތު ބުނޭ. ކަލޭގެ އަސާ ނަގައި މިޞްރުގެ ހުރިހާ ކޯރަކާއި، ފެންގަނޑުތަކާއި، ފެން ރައްކާކުރާ ތަންތަނާއި އަދި ފެންހެދިފައިވާ ކިސަޑުބިންތަކުގެ މައްޗަށް އުފުލާށޭ. އޭރުން މިޞްރުގައި ވާހައި މީރު ފެނެއް ލެޔަށް ބަދަލުވާނެޔޭ. މީސްމީހުންގެ ގޭގޭގައި ހުންނަ ލަކުޑި ބާލިދީއާއި ހިލަ ގުޅިތަކުގައި ހުރި ފެނަށް ދަންދެން ލެއަށް ބަދަލުވާނެއޭ.⁠“


މަނިކުފާނު އެކަންތައް އެ ގޮތަށް ނުކުރައްވައިފިނަމަ އިތުރު މުސީބާތްތައް މަނިކުފާނަށާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ފޮނުއްވާނަމޭ. އޭރުން ތިމަންކަލާނގެ ފަދަ ދެވަނަ ފަރާތެއް މިދުނިޔެމަތީގައި ނުވާކަން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެޔޭ.


”⁠އެންމެ ރަނގަޅު.⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު މިތަނުން ނުކުމެގެން ދާއިރު އަޅުގަނޑުގެ އަތް އުފުލައި މާތްރަސްކަލާނގެއަށް ދުޢާ ދަންނަވާނަން. އޭރުން މިތޫފާން ހުއްޓިދާނެ. އަދި އޭރުން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެ މި ދުނިޔޭގެ ވެރިއަކީ މާތްރަސްކަލާނގެ ކަން.


އެއަށް ފަހު، ބޮއްތަކެއްގެ ސިފައިގައި ހުރި ނުބައި ތިން ރޫޙު އަހަރެން ދުށީމެވެ. އެއީ ޑްރޭގަންގެ އަނގައިން ނުކުތް ނުބައި ރޫޙާއި، ކަނޑު ދާއްބައިގެ އަނގައިން ނުކުތް ނުބައި ރޫޙާއި އަދި ދޮގުވެރި ނަބިއްޔާގެ އަނގައިން ނުކުތް ނުބައި ރޫހެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ