Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 8:27 - ކިތާބުލް މުޤައްދަސާ

27 އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއް ކުރަން ބޭނުން. އެއީ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެ އެންގެވި ފަދައިން އެކަލާނގެއަށް ޤުރުބާނީ ވެދުން ކުރުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 8:27
8 ပူးပေါင်းရင်းမြစ်များ  

އަޅުގަނޑުމެންގެ ހުރިހާ ޖަނަވާރުތަކެއް ގެންދާނަން. އެންމެ އެއްޗެއް ވެސް ބަހައްޓާފައެއް ނުދާނަން. އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރާނެ ޖަނަވާރެއް ޚިޔާރު ކުރާނީ އެ އެއްޗެހިތަކުގެ ތެރޭން. އެތަނަށް ދެވުމުގެ ކުރިއަކުން އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ކަތިލާނެ ޖަނަވާރެއް ނޭނގޭނެ.⁠“


އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެން ކަލެއާއި އެކުގައި ވާނަން. އަދި ކަލޭ އެމީހުން މިޞްރުން ނެރެގެން އައިސް މި ފަރުބަދަމަތީގައި ތިމަންކަލާނގެއަށް އަޅުކަން ކުރާނެ. ކަލޭ ފޮނުވީ އަހަރެންކަން ޔަޤީންކޮށްދޭނެ ހެއްކެއް އެއީ.⁠“


ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.⁠‘


ކަލޭމެންނަށް މިއަދު އަހަރެން ކުރާ އަމުރުތައް ރަނގަޅަށް ކަނުލާ އަހާތި. އަހަރެން ކަލޭމެންނަށް ވުރެ ކުރީގައި ގޮސް އަމޫރީންނާއި ކަންޢާނީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީންނާއި މިއެންމެން ފައްސާލާ ފޮނުވާލާނަން.


އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’⁠ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.⁠‘⁠“


އެދެބޭކަލުން ދެންނެވިއެވެ. ”⁠ޢިބްރާނީންގެ ވެރި އިލާހު އަޅުގަނޑުމެންނަށް ފާޅުވެވޮޑިގެންފި. އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއްކޮށް އަޅުގަނޑުމެންގެ ވެރިކަލާނގެ، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިއުމުގެ ހުއްދަ ދެއްވާ. އެހެންނޫނީ އެކަލާނގެ އަޅުގަނޑުމެންގެ މައްޗަށް ބަލިމަޑުކަމެއް ފޮނުއްވައިގެން ނުވަތަ ކަނޑިއެއްގެ ދަށުލައްވައި އަޅުގަނޑުމެން މަރާލައްވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ