Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 8:26 - ކިތާބުލް މުޤައްދަސާ

26 މޫސާގެފާނު ދެންނެވިއެވެ. ”⁠ތިޔަ ގޮތެއް ކަމަކު ނުދާނެ. އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުންކުރާ ގޮތާ މިޞްރު މީހުންނެއް ނުރުހޭނެ. މިޞްރު މީހުންނަށް އެތަން ފެނިގެން އަޅުގަނޑުމެން ގަލުން ތަޅާ މަރާލާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 8:26
11 ပူးပေါင်းရင်းမြစ်များ  

ދެން، ޔޫސުފުގެފާނަށް ވަކި މޭޒުކޮޅެއްގައި އަދި އެބައިމީހުންނަށް ވަކި މޭޒެއްގައި ކެއުން ތައްޔާރު ކުރިއެވެ. އަދި އެތަނުގައި ވީ މިޞްރުގެ އެހެނިހެން މީސްތަކުންނަށް ވަކި މޭޒެއް ތައްޔާރު ކުރެވުނެވެ. މިކަމުގެ ސަބަބަކީ މިޞްރު މީހުން ޢިބްރާނީންނާ މެދުގައި ހިތްހަމަނުޖެހޭތީ އެބައިމީހުންނާ އެކުގައި މިޞްރު މީހުން ކައިހަދަން ނުރުހޭތީ ވެސްމެއެވެ.


އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’⁠އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.⁠‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.⁠“


ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.⁠‘


ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ