ނެރުއްވުން 8:25 - ކިތާބުލް މުޤައްދަސާ25 ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”އެންމެ ރަނގަޅު. ދޭ ކަލޭމެންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން. އެކަމަކު އެކަންތައް ކުރަން ވާނީ މިތާ މިރަށުގައި.“ အခန်းကိုကြည့်ပါ။ |
އެ ދަންވަރު ފިރުޢައުނު ރަސްގެފާނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”ހަމަ މިހާރު ދޭ!“ ފިރުޢައުނު އަމުރު ކުރެއްވިއެވެ. ”އަހަރެންގެ މީހުންގެ ގާތުން ކަލޭމެން ދޭ. ކަލޭމެންނާއެކު ކަލޭގެ އިސްރާއީލީންގެ އެންމެން ވެސް ގެންދޭ! ކަލޭމެން އެދުނު ފަދައިން ކަލޭމެންގެ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދޭ!
ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.