Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 8:21 - ކިތާބުލް މުޤައްދަސާ

21 މަނިކުފާނު މިކަމާ ދެކޮޅު ހައްދަވާނަމަ މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް މެހީގެ ބައިގަނޑެއް ފޮނުއްވާނަމޭ. މިޞްރު މީހުންގެ ގޭގެއަށް މި މެހިތައް ވަދެ ފުރޭނެޔޭ. މުޅި މިޞްރުގެ ބިން މެހީން ފޮރުވޭނެޔޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 8:21
7 ပူးပေါင်းရင်းမြစ်များ  

އެއެއްޗެހި އައިސް ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތަކަށާއި މަނިކުފާނުގެ މީހުންގެ ގޭގެއާއި ތަންތަނަށް ވަދެގަންނާނެޔޭ. މިޞްރުގެ ތާރީޚުގައި ވެސް އަދި ކަލޭމެންގެ ކާބަފައިންގެ ތާރީޚުގައި ވެސް މިފަދަ ތޫފާނެއް ދެކެފައެއް ނުވާނެޔޭ.⁠‘⁠“ މިހެން ވިދާޅުވެފައި މޫސާގެފާނު އެނބުރި ވަޑައިގެން ފިރުޢައުނުގެ ގާތުން ވަޑައިގެންފިއެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ފިރުޢައުނު ނީލަކޯރަށް ވަޑައިގަންނަވާ މަގުމައްޗަށް ދޭ. ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ މިފަދައިން ވަޙީކުރެއްވިއޭ: ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރަން ދިޔަދެއްވާށޭ.


އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.


ދެން މާތްރަސްކަލާނގެ އެކަލާނގެ ވަޙީކުރެއްވި ފަދައިން ކަންތައް ކުރެއްވިއެވެ. މެހީގެ ބޮޑު ބައިގަނޑެއް އައިސް ފިރުޢައުނު ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތައް ފުރާލިއެވެ. އެއާއެކު މުޅި މިޞްރުގެ ބިން ހައިޖާނެއް ފަދައިން ފަނާވެގެން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ