Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 8:20 - ކިތާބުލް މުޤައްދަސާ

20 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ފިރުޢައުނު ނީލަކޯރަށް ވަޑައިގަންނަވާ މަގުމައްޗަށް ދޭ. ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ މިފަދައިން ވަޙީކުރެއްވިއޭ: ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރަން ދިޔަދެއްވާށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 8:20
11 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު ފިރުޢައުނުގެ އަންހެން ދަރިކަނބަލުން ނާނަފުޅު ފިއްލަވަން ކޯރަށް އެރި ވަޑައިގެންނެވި އެވެ. އޭރު އެކަމަނާގެ ބާނދީން ކޯރު އައްސޭރީގައި ކޮޅުކޮޅަށް ހިނގަހިނގާ ތިއްބެވެ. އެ ހިނދު އެކަމަނާއަށް ކޯރުގެ އައްސޭރިފަށުގައި ހުރި ދިގު ވިނަތަކެއްގެ ތެރޭގައި ވަށިގަނޑެއް އޮތްވާ ފެނި ވަޑައިގެންފިއެވެ. ދެން އެ ކަމަނާގެ ބާނދީއަކު ފޮނުއްވައިގެން އެ ވަށިގަނޑު ގެންނަވައިފި އެވެ.


ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.⁠‘


އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!⁠‘⁠“


އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’⁠ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.⁠‘⁠“


އެދެބޭކަލުން ދެންނެވިއެވެ. ”⁠ޢިބްރާނީންގެ ވެރި އިލާހު އަޅުގަނޑުމެންނަށް ފާޅުވެވޮޑިގެންފި. އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއްކޮށް އަޅުގަނޑުމެންގެ ވެރިކަލާނގެ، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިއުމުގެ ހުއްދަ ދެއްވާ. އެހެންނޫނީ އެކަލާނގެ އަޅުގަނޑުމެންގެ މައްޗަށް ބަލިމަޑުކަމެއް ފޮނުއްވައިގެން ނުވަތަ ކަނޑިއެއްގެ ދަށުލައްވައި އަޅުގަނޑުމެން މަރާލައްވާނެ.⁠“


ވީމާ ފިރުޢައުނު ހެނދުނު ނީލަ ކޯރުދޮށަށް ދާއިރު އެތަނަށް ދޭ. ގޮސް ނީލަ ކޯރުދޮށުގައި އޭނާ އަންނަންދެން ތިބޭ. ކަލޭމެން ދާއިރު ހަރުފައަށް ބަދަލުވި ދަނޑިބުރި ގެންދާތި.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފިރުޢައުނު ގާތަށް ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރުމަށް ދިޔަ ދެއްވާށޭ.


މަނިކުފާނު މިކަމާ ދެކޮޅު ހައްދަވާނަމަ މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް މެހީގެ ބައިގަނޑެއް ފޮނުއްވާނަމޭ. މިޞްރު މީހުންގެ ގޭގެއަށް މި މެހިތައް ވަދެ ފުރޭނެޔޭ. މުޅި މިޞްރުގެ ބިން މެހީން ފޮރުވޭނެޔޭ.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ގޮސް ފިރުޢައުނުގެ ކުރިފުޅުމައްޗަށް ދޭ. ގޮސް ބުނޭ، ’⁠މިއީ ޢިބްރާނީންގެވެރި އިލާހު، މާތްރަސްކަލާނގެ ވަޙީބަސްފުޅޭ. ތިމަންކަލާނގެ މީހުން ތިމަން ކަލާނގެއަށް އަޅުކަން ކުރަން ދިޔަ ދެއްވާށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ