Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 8:19 - ކިތާބުލް މުޤައްދަސާ

19 ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”⁠މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!⁠“ އެކަމަކު ވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން ވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 8:19
18 ပူးပေါင်းရင်းမြစ်များ  

އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ހަތް ކުރާގަނޑު ނުކުމެ ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ދިރުވައިލި. އަހަރެންގެ މި ހުވަފެންތައް ކަހީނުންނަށް ކިޔައިދިނީމު. އެހެނަސް އެއިން އެއްވެސް މީހަކަށް މި ހުވަފެންތައް ތަޢުބީރު ކޮށްދޭކަށް ނޭނގުނު.⁠“


އެދުވަސްތަކުގައި މީހުންނަކަށް އެކަކު އަނެކަކު އެއްގޮތަކަށް ވެސް ނުފެނެއެވެ. އެކަކަށް ވެސް އެއްތަނުން އަނެއް ތަނަކަށް ނުދެވުނެވެ. އެކަމަކު އިސްރާއީލުގެ މީހުން ތިބި ހިސާބުގައި އަލިކަން ހުއްޓެވެ.


ފިރުޢައުނުގެ ވަޒީރުން ވަޑައިގެން ދެންނެވިއެވެ. ”⁠މިމީހާ އަޅުގަނޑުމެންނަށް މި އާފާތް މެދުވެރި ކުރާނީ ކިހާ ދުވަހެއް ވަންދެންތޯ؟ އެމީހުންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ފޮނުއްވާދެއްވަންވީ ނޫންތޯ؟ މިޞްރު ފަނާވަމުން ދާތަނެއް މަނިކުފާނަކަށް ފެނި ވަޑައިއެއް ނުގަންނަވާތޯ؟⁠“


އެކަމަކު ބަނީއިސްރާއީލުންނާ ދިމާއަށް ކުއްތާއެއް ރޮއިލާ އަޑު ވެސް ނީވޭނެޔޭ. އެހާ ވެސް އަމާން ވާނެޔޭ.⁠‘ އޭރުން ކަލޭމެންނަށް އެނގޭނެޔޭ މާތްރަސްކަލާނގެ އިސްރާއީލީންނާއި މިޞްރު މީހުންނާ ދެމެދު ތަފާތު ކުރައްވާކަން.


އެވަރުން ވެސް ފިރުޢައުނުގެ ގޮތްދޫނުކުރުން ކުޑައެއް ނުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވާފައިވާ ފަދައިން، އެދެބޭކަލުން ވިދާޅުވި ބަސްފުޅު ފިރުޢައުނު ގަބޫލުފުޅެއް ނުކުރެއްވިއެވެ.


ދެން ވެސް ފިރުޢައުނު ކަލޭމެން ބުނާ ގޮތެއް ނަހަދާނެ. އެހެންކަމުން އަހަރެން މިޞްރުގެ މީހުންނަށް ވަރުގަދަ އަހުވައެއް ދައްކައި ނިހާޔަތުގެ އިންސާފުވެރިގޮތުގައި އަހަރެންގެ މީހުން މިޞްރުގެ ބިމުން ފައުޖުތަކެއްގެ ގޮތުގައި ނެރޭނަން.


މިޞްރު މީހުންގެ މައްޗަށް ތިމަންކަލާނގެ އަތް އުފުލައި ގަދަފަދަ މުސީބާތެއް ފޮނުވައި އެރަށުން އިސްރާއީލީން ނެރުނީމާ އެމީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން.⁠“


މި ތޫފާނުގެ އަސަރު ނުފޯރާ އޮތީ ޖާސާންގެ ސަރަހައްދު އެކަންޏެވެ. އެއީ އިސްރާއީލީން ދިރިއުޅެމުން ދިޔަ އަވަށެވެ.


އިސްރާއީލީންގެ ޖަނަވާރުތަކާއި މިޞްރުގެ ޖަނަވާރުތަކާ މެދު މިކަންތަކުގައި ތަފާތު ކުރައްވާނަމޭ. އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވާނެޔޭ.


ނަމަވެސް އަހަރެން މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ޖިންނިތައް ފައްސާލާ ކަމުގައިވާނަމަ، މިކަންތަކުން ސާބިތުކޮށްދެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ކަލޭމެންގެ ކައިރިއަށް ވަޑައިގެންފި ކަން.


އެކަމަކު އަހަރެން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު މިކުރަނީ މާތްރަސްކަލާނގެ ބާރުފުޅު މެދުވެރިކޮށް ކަމުގައި ވަނީ ނަމަ ދެން އެކަމުން ހާމަވެ އެނގެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މިތާ ކަލޭމެންގެ ތެރޭގައި ކަން.


ދެން ބޮޑުއިމާމުންނާއި ފަރީސީން ބަނީއިސްރާއީލުގެ ބޮޑުންގެ ދީނީކޯޓުގެ ބައްދަލުވުމަކަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠އަހަރެމެން ކުރަންވީ ކީއް؟ މިމީހާ އެތައް މުޢުޖިޒާތްތަކެއް ދައްކަމުން އެބަދޭ.


އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އަހަރެމެން މި ދެ މީހުންނާ ދޭތެރޭ ކަން ކުރާނީ ފަހެ ކިހިނެއް ތަ؟ މުޅި ޖެރޫސަލަމުގެ އެންމެންނަށް ވެސް އެމީހުން އެދެއްކީ އަޖައިބު ވާ ފަދަ މުޢުޖިޒާތެއް ކަން ޔަޤީންވެ. އަހަރެމެންނަށް ވެސް އެކަން އެ ގޮތަށް ނުވެއެކޭ ބުނެވޭކަށް ނެތް.


”⁠ކަލޭމެން މާތްކަލާނގެ ފޮށިކޮޅު އަނބުރާ ފޮނުވާލާއިރު ހަދިޔާއަކާ ނުލާ ނުފޮނުވާތި. އެ ފޮށިކޮޅާއެކު ކުށުގެ ކައްފާރާއެއް ވެސް ފޮނުވަން ޖެހޭނެ. އޭރުން ކަލޭމެންގެ ބަލި ފަސޭހަވެދާނެ. އަދި މިހާ ދުވަސްވީ އިރު ވެސް ކަލޭމެންނަށް ސަޒާ ދެއްވުމުގައި އެކަލާނގެ ދެމި ހުންނެވީ ކީއްވެކަން ވެސް ކަލޭމެންނަށް އޭރުން އެނގޭނެ.⁠“


އެކަމަކު ގާޑިޔާ ދަނީ ކޮން ދިމާއަކަށްތޯ ބަލާތި. ގާޑިޔާ އިސްރާއީލުގެ ބައިތުޝަމްސު އާ ދިމާއަށް ދާނަމަ އަހަރެމެންނަށް މި ދިމާވި އާފާތަކީ މާތްރަސްކަލާނގެ ކިބަފުޅުން ދިމާވި ކަންތަކެއް ކަމަށް ބަލާ. ގާޑިޔާ އެ ނޫން ދިމާއަކަށް ދާނަމަ، މި ދިމާވި ކަންތަކުގައި އެކަލާނގެ އަތްޕުޅެއް ނުވޭ. އެ ވާނީ ތަބީޢީ ގޮތުން ދިމާވި އިއްތިފާގަކަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ