ނެރުއްވުން 8:16 - ކިތާބުލް މުޤައްދަސާ16 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ހާރޫނުގެފާނު ގާތު ބުނޭ. ’ކަލޭގެ އަސާ އުފުލައި ބިމުގައި ޖަހާށޭ. އެތަނުން އަރާ ހިރަފުހުން ހަފާމެހީގެ ބައިގަނޑެއް އުފެދޭނެޔޭ. އަދި މިޞްރުގައި ހުރި ހުރިހާ ހިރަފުހެއް ހަފާމެއްސަށް ވާނެއޭ.‘“ အခန်းကိုကြည့်ပါ။ |
ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ކަންތައް ކުރައްވައިފިއެވެ. ހާރޫނުގެފާނު އަސާކޮޅުން ބިމުގެ ހިރަފުހުގައި ޖެއްސެވުމާއެކު އެ ހިރަފުސްތައް މުޅި މިޞްރުގެ ބިމަށް ހަފާމެހިތަކެއް ފަދައިން ފެތުރިގެންފިއެވެ. އެއާއެކު މިޞްރު މީހުންނާއި ޖަނަވާރުތަކުގެ މައްޗަށް އޭގެ މުސީބާތް ފޯރަން ފަށައިފިއެވެ.