ނެރުއްވުން 8:15 - ކިތާބުލް މުޤައްދަސާ15 ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ. အခန်းကိုကြည့်ပါ။ |
މޫސާގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑު ދާން ނުކުންނަމުން މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައިދޭނަން. އޭރުން މާދަމާ ރަސްގެފާނާއި ވަޒީރުންނާއި އެހެން ވެސް މީހުންގެ މަތިން މެހީގެ އުނދަގޫ ފިލައިގެން ދާނެ. އެކަމަކު އަޅުގަނޑު ރަސްގެފާނަށް އިންޒާރުކޮށް ދަންނަވަން، އަނެއްފަހަރު އަޅުގަނޑުމެންނަށް އިތުރުފުޅު ނުހައްދަވާތި. އަޅުގަނޑުމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދިއުން ހުއްޓުވައިގެން ނުވާނެ.“
”ކަލޭމެން މާތްކަލާނގެ ފޮށިކޮޅު އަނބުރާ ފޮނުވާލާއިރު ހަދިޔާއަކާ ނުލާ ނުފޮނުވާތި. އެ ފޮށިކޮޅާއެކު ކުށުގެ ކައްފާރާއެއް ވެސް ފޮނުވަން ޖެހޭނެ. އޭރުން ކަލޭމެންގެ ބަލި ފަސޭހަވެދާނެ. އަދި މިހާ ދުވަސްވީ އިރު ވެސް ކަލޭމެންނަށް ސަޒާ ދެއްވުމުގައި އެކަލާނގެ ދެމި ހުންނެވީ ކީއްވެކަން ވެސް ކަލޭމެންނަށް އޭރުން އެނގޭނެ.“
އެކަމަކު ގާޑިޔާ ދަނީ ކޮން ދިމާއަކަށްތޯ ބަލާތި. ގާޑިޔާ އިސްރާއީލުގެ ބައިތުޝަމްސު އާ ދިމާއަށް ދާނަމަ އަހަރެމެންނަށް މި ދިމާވި އާފާތަކީ މާތްރަސްކަލާނގެ ކިބަފުޅުން ދިމާވި ކަންތަކެއް ކަމަށް ބަލާ. ގާޑިޔާ އެ ނޫން ދިމާއަކަށް ދާނަމަ، މި ދިމާވި ކަންތަކުގައި އެކަލާނގެ އަތްޕުޅެއް ނުވޭ. އެ ވާނީ ތަބީޢީ ގޮތުން ދިމާވި އިއްތިފާގަކަށް.“