14 ދެން މިޞްރު މީހުން އެބޮއްތައް ނެރެ ފުނި ޖަހައިފިއެވެ. އެއާއެކު މުޅި މިޞްރު ކުނިވަހުން އެއްވަސް ވެއްޖެއެވެ.
ކޯރުގައި ހުރި ހުރިހާ މަސްތައް މަރުވެ ކުނިވަސް ދުވާ ވަރުން މިޞްރު މީހުންނަކަށް އެ ފެން ބޯކަށް ނުކެރުނެވެ. މުޅި މިޞްރުގެ ހުރިހާ ތަނެއްގައި ހުރީ ހުސް ލެއެވެ.
މޫސާގެފާނު ދެންނެވި ދުޢާ މާތްރަސްކަލާނގެ އައްސަވައިފިއެވެ. އެއާއެކު ގޭގެއާއި ގޯތިތަކުގައިއާއި ދަނޑުފަނގުތަކުގައި ހުރި ހުރިހާ ބޮއްތަކެއް މަރުވެ ހުސްވެއްޖެއެވެ.
ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ.
ދެން މާތްރަސްކަލާނގެ އެކަލާނގެ ވަޙީކުރެއްވި ފަދައިން ކަންތައް ކުރެއްވިއެވެ. މެހީގެ ބޮޑު ބައިގަނޑެއް އައިސް ފިރުޢައުނު ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތައް ފުރާލިއެވެ. އެއާއެކު މުޅި މިޞްރުގެ ބިން ހައިޖާނެއް ފަދައިން ފަނާވެގެން ދިޔައެވެ.
ސިހުރުވެރިންނަށް ވެސް މޫސާގެފާނުގެ ކުރިފުޅުމައްޗަކަށް ނާދެވުނެވެ. އެއީ އެމީހުންގެ މުޅި ގައިގައި ވެސް އެހެނިހެން މިޞްރުގެ މީހުންނެކޭ އެއްފަދައިން ފޮޅުތައް ނަގާފައި ހުރީމައެވެ.