Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 8:12 - ކިތާބުލް މުޤައްދަސާ

12 ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގަނޑުވަރުން ވަޑައިގެން ރަސްގެފާނުގެ މައްޗަށް އެކަލާނގެ ފޮނުއްވި ބޮކުގެ މުސީބާތުން ސަލާމަތް ކޮށް ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 8:12
10 ပူးပေါင်းရင်းမြစ်များ  

އެހެންވެ ރަސްގެފާނުގެ ގަނޑުވަރުން ވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް މޫސާގެފާނު ދުޢާ ދަންނަވައިފިއެވެ.


އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”⁠އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟


މޫސާގެފާނު ދެންނެވި ދުޢާ މާތްރަސްކަލާނގެ އައްސަވައިފިއެވެ. އެއާއެކު ގޭގެއާއި ގޯތިތަކުގައިއާއި ދަނޑުފަނގުތަކުގައި ހުރި ހުރިހާ ބޮއްތަކެއް މަރުވެ ހުސްވެއްޖެއެވެ.


ދެން މޫސާގެފާނު ރަސްގެފާނުގެ ގަނޑުވަރުން ވަޑައިގެން އެ މެހިތައް ދުރުކޮށް ދެއްވުން އެދި މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ.


ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.⁠“


މޫސާގެފާނު ފިރުޢައުނުގެ އަރިހުން ރަށްބޭރަށް ނުކުމެ ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު އަތްޕުޅު އުފުއްލަވައި މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. އެއާ އެކު ގުގުރުމާއި ވިދުމާއި ގަނޑުފެނުގެ ތޫފާން މައިތިރިވެއްޖެ އެވެ. އޮހެމުން ދިޔަ ވާރޭ ވެސް ހުއްޓާލައިފި އެވެ.


އަހަރެން ކަލޭމެންނަށްޓަކައި ހެޔޮދުޢާ ކުރުން ހުއްޓާލައިފި ނަމަ އަހަންނަށް ވެސް އެކުރެވެނީ ބޮޑު ފާފައެއް. އެހެންކަމުން އަހަރެން ދުނިޔޭގައި ލެއްވިހައި ދުވަހަކު ކަލޭމެންނަށް ހެޔޮ ގޮތްތައް މެދުވެރި ކުރެއްވުން އެދި ދުޢާ ދަންނަވާނަން. އަދި ކަލޭމެންނަށް ހެޔޮނުބައި ވަކިކޮށް އަންގައި ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ