Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 8:10 - ކިތާބުލް މުޤައްދަސާ

10 ފިރުޢައުނު ވިދާޅުވިއެވެ. ”⁠މާދަމާ ދުޢާ ދަންނަވާ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. ރަސްގެފާނު އެދި ވަޑައިގެންނެވި ގޮތަށް ތިޔަ ކަންތައް ކޮށްދޭނަން. އޭރުން ރަސްގެފާނަށް އެނގި ވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން އިލާހެއް ނުވާކަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 8:10
21 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ މަތިވެރިކަން ކިހާ މަތިވެރިތޯ! ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން ފަރާތެއް ނުވޭ. އެފަދަކަލެއްގެ ވާހަކަ އަޅަމެންގެ ކަންފަތަށް އިވިފައިއެއް ވެސް ނުވޭ.


ކަލުންތަކުގެ ތެރޭގައި އިނބަރަސްކަލާނގެ ފަދަ ހުރީ ކޮން ކަލެއް ތޯ؟ އިނބަރަސްކަލާނގެ ޖަލާލުވަންތަ ކަމާއި މާތްކަމުގެ ކޮޅެއް ކޮބައިތޯ؟ މަތިވެރި ތިޔަފަދަ މުޢުޖިޒާތެއް ދެއްކޭނެ އެކަކު ވެސް ކޮބައިތޯ؟


މޫސާގެފާނު ވިދާޅުވިއެވެ. ”⁠ރަސްގެފާނު ވަގުތެއް ކަނޑައަޅުއްވާ! ރަސްގެފާނަށާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންނަށްޓަކައި އަޅުގަނޑު ދުޢާ ދަންނަވަން މަނިކުފާނު އެދި ވަޑައިގަންނަވާ ވަގުތެއް ވިދާޅުވޭ. އޭރުން ރަސްގެފާނާއި ރަސްގެފާނުގެ ގަނޑުވަރުތަކުން ބޮކުގެ މުސީބާތް ފިލައިގެން ދާނެ. އޭގެ ފަހުން ނީލަ ކޯރު ނޫންތަނެއްގައި ބޮކެއް ނުއުޅޭނެ.⁠“


މަނިކުފާނު އެކަންތައް އެ ގޮތަށް ނުކުރައްވައިފިނަމަ އިތުރު މުސީބާތްތައް މަނިކުފާނަށާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ފޮނުއްވާނަމޭ. އޭރުން ތިމަންކަލާނގެ ފަދަ ދެވަނަ ފަރާތެއް މިދުނިޔެމަތީގައި ނުވާކަން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެޔޭ.


”⁠އެންމެ ރަނގަޅު.⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު މިތަނުން ނުކުމެގެން ދާއިރު އަޅުގަނޑުގެ އަތް އުފުލައި މާތްރަސްކަލާނގެއަށް ދުޢާ ދަންނަވާނަން. އޭރުން މިތޫފާން ހުއްޓިދާނެ. އަދި އޭރުން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެ މި ދުނިޔޭގެ ވެރިއަކީ މާތްރަސްކަލާނގެ ކަން.


މާދަމާ މިވެނި ކަމެއް ކުރާނަމޭ ކިޔާފައި ބޮޑު ނުކަނޑާށެވެ. މިހާރާއި މާދަމާއާ ދެމެދު ކަންހިނގާނެ ގޮތެއް ކަލެއަކަށް ނޭނގޭނެއެވެ.


ނަމަވެސް މާދަމާ ކަލޭމެންނާ މެދުގައި ކަންތައްތައް ހިނގާނޭ ގޮތެއް ކަލޭމެންނަށް އެނގިގެން ނުވޭމެއެވެ. ކަލޭމެންގެ ޙަޔާތަކީ ފަތިހުގައި ފައިބާ ފިނިފަދައިން ހިނގައިދާ ކަމެކެވެ. އެހެނީ ކުޑަ ހިނދުކޮޅެއްގައި ފެނިދެއެވެ. ނަމަވެސް އެއަށް ފަހު ނެތިދޭމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ