9 ”ފިރުޢައުނު ރަސްގެފާނު ކަލޭމެންގެ ކިބައިން މުޢުޖިޒާތެއް ދެއްކުމަށް އެދިއްޖެނަމަ ހާރޫނު ގާތު ބުނޭ އޭނާގެ އަސާ ނަގައި ފިރުޢައުނުގެ ކުރިމައްޗަށް އެއްލާލާށޭ. އޭރުން އޭތި ހަރުފަޔަކަށް ވެދާނެ.“
ދެން މޫސާގެފާނު މިޞްރުގެ ބިމުގެ މައްޗަށް އެކަލޭގެފާނުގެ އަސާކޮޅު އުފުއްލެވިއެވެ. އެދުވަހުގެ ހެނދުނުން ފެށިގެން މުޅިއެރޭ މިޞްރަށް އިރުމަތިން ވައިޖެހޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރިކުރެއްވިއެވެ. ހެނދުނުވީ ތަނާ އިރުމަތިން ގޮއްފުޅަނގި ބައިގަނޑު އަތުވެއްޖެއެވެ.
ކަލޭ ދާއިރު އެމީހުންނަށް މުޢުޖިޒާތްތައް ދައްކަން ތިޔަ އަސާ ގެންދާތި.“
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތުގައި ތިއޮތީ ކޮން އެއްޗެއް؟“ މޫސާގެފާނު ވިދާޅުވިއެވެ. ”މިއީ އަޅުގަނޑު އަސާއެއްގެ ގޮތުގައި ގެންގުޅޭ ދަނޑިބުރިއެއް.“
ދެން މޫސާގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންތައް ހިމާރެއްގެ މައްޗައް ލައްވައިގެން މިޞްރާ ދިމާއަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މާތްކަލާނގެ އަސާކޮޅު ގެންދެވިއެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ. ”ތިޔަ އަސާ ބިންމައްޗަށް އެއްލާލަބަލަ.“ މޫސާގެފާނު އެ ދަނޑިބުރި އެއްލާލުމާއެކު އޭތި ވިހަ ހަރުފައަކައް ބަދަލުވެއްޖެއެވެ. އެތަން ފެނި ވަޑައިގެން މޫސާގެފާނު ފުރަގަހަތަށް އެއްލިގެންދިޔައެވެ.
މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ.
ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އުޑާ ދިމާއަށް ދިއްކުރެއްވުމާއިއެކު ވިދާ ގުގުރައި ގަނޑުފެނުގެ ވާރޭ މުޅި މިޞްރުގެ ބިމަށް ވެހެން ފެށިއެވެ.
ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”ނުބައި އަދި ވަފާތެރިކަމެއް ނެތް މީހުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދޭނެ. ނަމަވެސް ކަލޭމެންނަށް ލިބިދީފައިވާ ހަމައެކަނި މުޢުޖިޒާތީ ޢަލާމާތަކީ ނަބީ ޔޫނުސްގެފާނު ދެއްކެވި މުޢުޖިޒާތުގެ ޢަލާމާތް.
ކަލޭމެން އަހަރެން ގަބޫލު ނުކުރި ނަމަވެސް، އެކަލާނގެ އެންގެވި ފަދައިން އަހަރެން ކަންތައް ކުރަނީނަމަ، އަހަރެން މިކުރާ ކަންތައްތައް ދެކި އީމާންވޭ. އޭރުން ކަލޭމެންނަށް ވެސް އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައި ކަން އަބަދަށްޓަކައި އެނގިގެންދާނެ.“
ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ބުންޏެވެ. ”މިފަދަ ކަންތައްތައް ކުރަން ކަލެއަށް ހުއްދަ ލިބިގެންވާކަން ހާމަ ކޮށްދިނުމަށް ނިކަން އަހަރެމެންނަށް މުޢުޖިޒާތެއް ދައްކަބަލަ!“
މިހެން އީސާގެފާނު ވިދާޅުވުމުން އެމީހުން ބުންޏެވެ. ”ކަލޭގެފާނު ދެން ދައްކަވާނީ ކޮން މުޢުޖިޒާތެއްތޯ؟ އޭރަކުން ކަލޭގެފާނު ތިއީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަ ފަރާތްކަން އަޅުގަނޑުމެން ގަބޫލު ކޮށްފާނަން.