ނެރުއްވުން 7:3 - ކިތާބުލް މުޤައްދަސާ3 އެކަމަކު ވެސް އަހަރެން ފިރުޢައުނުގެ ގޮތް ދޫނުކުރާނެހެން ހަދާނަން. އެއީ އަހަރެން މިޞްރު މީހުންނަށް ހައިރާންވާފަދަ ގިނަގުނަ މުޢުޖިޒާތްތަކާއި އަލާމާތްތައް ދެއްކި ކަމުގައި ވިޔަސްމެ. အခန်းကိုကြည့်ပါ။ |
އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.
އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.
އަދި އެތައް މުޢުޖިޒާތްތަކަކާއި އަލާމާތްތަކެއް މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ސަލާމަތްކޮށް މިޞްރުން ނެރެ ބަހުރުލްއަހުމަރުގެ ތެރެއިން ގެންދިއުމަށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވި. އަދި ހަނަފަސް ސަހަރާގެ ތެރޭގައި ސާޅީސް އަހަރުވަންދެން އެމީހުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ މައްޗަށް ވެރިކަން ކުރީ އެކަލޭގެފާނު.