23 ފިރުޢައުނު މިކަމާ އަޅާ ވެސް ނުލައްވައި އެނބުރި ގަނޑުވަރަށް ވަޑައިގެންފިއެވެ.
އެކަމަކު ރަސްގެފާނުގެ ފަންޑިތަވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެކަންތައް ހަމަ އެ ގޮތަށް ކޮށްފިއެވެ. އެހެންވެ އިހުނެކޭ އެއްވަރަށް ފިރުޢައުނު ބޯ ހަރުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނުގެ ބަސްފުޅެއް ނުއެއްސެވިއެވެ.
މިޞްރު މީހުން ބޯފެން ހޯދުމަށް ނީލަކޯރު އައްސޭރީގެ އެތަން މިތަން ކޮންނަން ފަށައިފިއެވެ. އެހެނީ އެމީހުންނަކަށް ނީލަކޯރުގެ ފެން ބޯކަށް ނުކެރެއެވެ.
މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތައް އިވުމުން ފިރުޢައުނުގެ ބައެއް ވަޒީރުން ބިރުގެންފިއެވެ. އެމީހުން އަވަހަށް އެމީހުންގެ މީހުންނާއި ޖަނަވާރުތައް ދަނޑުތަކުން ގެނަސްފިއެވެ.
އެކަމަކު މާތްރަސްކަލާނގެ މި އެންގެވި އެންގެވުމާމެދު އަޅާ ނުލިބަޔަކު އެމީހުންގެ މީހުންނާއި ޖަނަވާރުތައް ހިޔާ ކުރާކަށް ނޫޅުނެވެ.
ބުއްދިވެރިންގެ ބަސްތައް ކަނުލައި އަހާށެވެ. އަދި އަހަރެން މިދަސްކޮށްދޭ ކަންތައް ހަރުލައްވާށެވެ.
މިތަން ބަލައި ވިސްނާލުމުން އަހަންނަށް އިބުރަތެއް ލިބުނެވެ.
ނުބައިކަންތައް ކުރަން ބިރުގަންނަ މީހާއަށް ބަރަކާތް ހުއްޓެވެ. ގޮތްދޫނުކުރާ މީހާ ދާނީ މުސީބާތާ ދިމާއަށެވެ.
ވިސްނައިދިނުމުން އެކަން އިސްލާހު ނުކުރާ މީހާ އަލުން އަނބުރާ ނާދެވޭވަރަށް ކުއްލިއަކަށް ހަލާކުވެ ހިނގައިދާނެއެވެ.
އޭނާ މަރުވަމުން ދިޔައިރު އަންހެނަކު އައިސް އޭނާއަށް އެހީތެރިވިއެވެ. އޭނާ ބުންޏެވެ. ”ކަންބޮޑުނުވޭ. ކަލޭ ފިރިހެން ދަރިއަކު ވިހައިފި.“ އެހެނަސް ޢާލީގެ ދަނބިދަރި މިވާހަކައަށް ޖަވާބެއް ވެސް އަދި ސަމާލުކަމެއް ވެސް ނުދިނެވެ.