Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 7:22 - ކިތާބުލް މުޤައްދަސާ

22 އެކަމަކު ރަސްގެފާނުގެ ފަންޑިތަވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެކަންތައް ހަމަ އެ ގޮތަށް ކޮށްފިއެވެ. އެހެންވެ އިހުނެކޭ އެއްވަރަށް ފިރުޢައުނު ބޯ ހަރުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނުގެ ބަސްފުޅެއް ނުއެއްސެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 7:22
8 ပူးပေါင်းရင်းမြစ်များ  

ޖެހިގެންއައި ދުވަހުގެ ހެނދުނު ފިރުޢައުނު ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާމެދު އޭނާއަށް ހުންނެވުނީ ކަންބޮޑުފުޅުވެ ފުން ވިސްނުންފުޅެއްގެ ތެރޭގައެވެ. އެހެންވީމާ، މުޅި މިޞްރުގައި ވީ އެންމެހާ ބުއްދިވެރިންނާއި ކަހީނުން އެއްކުރެއްވުމަށް ފަހު އެބައިމީހުންނަށް އެ ރަސްގެފާނުގެ ހުވަފެންފުޅުތައް ވިދާޅުވެ ދެއްވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކަށް މި ހުވަފެންތަކުގެ ތަޢުބީރު ދަންނަވާކަށް ނޭގުނެވެ.


ދެން ފިރުޢައުނު އޭނާގެ ބުއްދިވެރިންނާއި ފަންޑިތަވެރިން އެތަނަށް ގެންނަވައިފިއެވެ. އަދި އެމީހުން ވެސް ފަންޑިތައިގެ ބާރުން ވެސް އެކަންތައް ހަމަ އެފަދައިން ކޮށްފިއެވެ.


އެވަރުން ވެސް ފިރުޢައުނުގެ ގޮތްދޫނުކުރުން ކުޑައެއް ނުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވާފައިވާ ފަދައިން، އެދެބޭކަލުން ވިދާޅުވި ބަސްފުޅު ފިރުޢައުނު ގަބޫލުފުޅެއް ނުކުރެއްވިއެވެ.


ކޯރުގައި ހުރި ހުރިހާ މަސްތައް މަރުވެ ކުނިވަސް ދުވާ ވަރުން މިޞްރު މީހުންނަކަށް އެ ފެން ބޯކަށް ނުކެރުނެވެ. މުޅި މިޞްރުގެ ހުރިހާ ތަނެއްގައި ހުރީ ހުސް ލެއެވެ.


ފިރުޢައުނު މިކަމާ އަޅާ ވެސް ނުލައްވައި އެނބުރި ގަނޑުވަރަށް ވަޑައިގެންފިއެވެ.


އަދި މިފަދަ އެދުރުން ތެދާއިމެދު ދެކޮޅުހަދާނެއެވެ. މި ބުނެވިދިޔަ ފަދައިން ޔައްނީސް އާއި ޔަމްބިރީސް މޫސާގެފާނާއި ދެކޮޅުވެރި ވިއެވެ. އަދި މިފަދަ މީހުންނަކީ ތެދު ޙަޤީޤަތާއި އިދިކޮޅު ޢަދާވާތްތެރިންނެވެ. އެބައިމީހުންގެ ބުއްދިވަނީ ފާޙިޝް ޚިޔާލުތަކުން ފުރިފައެވެ. އެމީހުންގެ ކިބައިން ފެނުނީ އަސްލެއް ނުވާ އީމާންތެރިކަމެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ