2 އަހަރެން މިކުރާ އަމުރުތައް ހާރޫނުގެ ގާތު ބުނޭ. ބުނޭ ހާރޫނު ގޮސް ފިރުޢައުނު ރަސްގެފާނަށް އަމުރުކުރާށޭ. އިސްރާއީލީން އެރަށުން ދިޔަ ދޭށޭ.
އޭނާ ގާތު ކަލޭ ހުރިހާ ވާހަކައެއް ކިޔައިދީ ދައްކަންވީ ވާހަކަ އޭނާގެ ގާތު ބުނޭ. ކަލޭމެން ދެމީހުން ވާހަކަ ދައްކާއިރު އަހަރެން ކަލޭމެންގެ ގާތުގައި ވާނަން. އަދި ކަންތައް ކުރަންވީ ގޮތް އަހަރެން ކަލޭމެންނަށް އަންގައިދޭނަން.
ހާރޫނު އެމީހުންގެ ކުރިމަތީ ހުންނާނީ ކަލޭގެ ތަރުޖަމާނެއްގެ ގޮތުގައި. ކަލޭ ހުންނާނީ ތިމަންކަލާނގެ އޭނާ ގާތު ބުނަންވާ ވާހަކަތައް ބުނެދޭ އިލާހެއް ފަދައިން.
އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”ބަނީއިސްރާއީލުންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.‘“
”މާތްރަސްކަލާނގެއަކީ އަހަރެން. އަހަރެން ބުނާށޭ މިބުނި ހުރިހާ ބަސްތަކެއް މިޞްރު ރަސްގެފާނު ފިރުޢައުނު ގާތު ބުނޭ.“
ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުފުޅު ކުރެއްވި ގޮތުގެ މަތިން ކަންތައް ކުރެއްވިއެވެ.
އެއީ މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާއި މެދު ކަލޭމެންނަށް އަންގަވަން އެދިވޮޑިގެންވީ ހުރިހާ އެއްޗެއް އަހަރެން ކަލޭމެންނަށް އަންގައިދިނީން.