Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 7:17 - ކިތާބުލް މުޤައްދަސާ

17 އެހެންވެ މާތްރަސްކަލާނގެ މިހެން ވަޙީކުރެއްވިއޭ: ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެކަން ކަލެއަށް ދައްކައި ދޭނަމޭ. ބަލަންހުންނާށޭ! ތިމަންގެ އަތުގައި މިއޮތް އަސާއިން ނީލަކޯރުގެ ފެންގަނޑުގައި ޖަހާލުމުން މި ކޯރުގެ ފެންގަނޑު ލެޔަށް ވާނެއޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 7:17
30 ပူးပေါင်းရင်းမြစ်များ  

ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”⁠އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.⁠“


އަހަރެން މި މުޢުޖިޒާތްތައް މި ދައްކަނީ ކަލޭގެ ދަރިންނާއި ކަލޭގެ ކާފަ ދަރިންނަށް ތިމަންކަލާނގެ ކުޅަދުންވަންތަ ޢަލާމާތްތަކުގެ ވާހަކަ ބުނެ ދެވޭނެ ގޮތް ވުމަށާއި މިޞްރުގެ މީހުން މޮޔަ ހެއްދުމުގެ ގޮތުން ވެސް މެ. މިގޮތުން ކަލޭމެން އެންމެންނަށް ފެނިގެންދާނެ މާތްރަސްކަލާނގެއަކީ އަހަރެންކަން.⁠“


އަދި އެމީހުން މި ދެ މުޢުޖިޒާތް ފެނި އެކަން ބަލައިނުގެން އަދި ކަލޭ ބުނި ބަސްތައް އަހައި ގަބޫލު ނުކޮށްފިނަމަ އެމީހުންގެ ކުރިމަތީގައި ނީލަކޯރުން ފެންފޮދެއް ނަގައި އެފެން ބިންމައްޗަށް އޮއްސާލާ. އެ ހިނދު އެފެން ލެޔަށް ބަދަލުވާނެ.⁠“


ފިރުޢައުނު ވިދާޅުވިއެވެ. ”⁠ތިޔަ ބުނާ މާތްރަސްކަލާނގެ އަކީ ކާކުތަ؟ ތިޔައަކީ އަހަރެން ދަންނަ ކަލެއް ނޫން. އަހަރެން ތިޔަ ކަލަކު ބުނާގޮތެއް ހަދަންވީ ކީއްވެ؟ އަހަރެން އެމީހުން ދިޔަކަ ނުދޭނަން!⁠“


ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.


ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުފުޅު ކުރެއްވި ފަދައިން ކަންތައް ކުރައްވައިފިއެވެ. ފިރުޢައުނާއި އޭނާގެ ހުރިހާ ވަޒީރުން ބައްލަވަން ތިއްބަވަނިކޮށް ހާރޫނުގެފާނުގެ އަސާކޮޅު އުފުއްލަވައި ކޯރުގެ ފެންގަނޑުގައި އެއިން ޖައްސަވައިފިއެވެ. ހަމަ އެއާއެކު އެކޯރުގެ ހުރިހާ ފެނެއް ލެޔަށް ބަދަލުވެއްޖެއެވެ.


މިޞްރު މީހުންގެ މައްޗަށް ތިމަންކަލާނގެ އަތް އުފުލައި ގަދަފަދަ މުސީބާތެއް ފޮނުވައި އެރަށުން އިސްރާއީލީން ނެރުނީމާ އެމީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން.⁠“


މި ދެ ހެކިވެރިން އެބައިމީހުން މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާން ކުރަމުން ގެންދާހިނދު އުޑު ބަންދުކޮށް ވާރޭ ވެހުނަ ނުދިނުމުގެ އަމުރުކުރުމުގެ ހުއްދަ އެމީހުންނަށް ލިބިގެން ވެއެވެ. އަދި އެމީހުން ބޭނުން ކޮންމެ އިރަކު ފެން ލެއަށް ބަދަލުކުރުމުގެ ބާރާއި ދުނިޔެއަށް އެކި އެކި މުސީބާތްތައް ކުރިމަތި ކުރުވުމުގެ ބާރު ވެސް އެބައިމީހުންނަށް ލިބިގެން ވެއެވެ.


ދެވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އަލިފާން ހިފާފައިވާ ބޮޑު ފަރުބަދައެއްފަދަ އެއްޗެއް ކަނޑަށް އެއްލާލެވުނެވެ. ކަނޑުގެ ތިން ބައިކުޅަ އެއްބައި ލެއަށް ބަދަލުވެގެން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ