Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 7:15 - ކިތާބުލް މުޤައްދަސާ

15 ވީމާ ފިރުޢައުނު ހެނދުނު ނީލަ ކޯރުދޮށަށް ދާއިރު އެތަނަށް ދޭ. ގޮސް ނީލަ ކޯރުދޮށުގައި އޭނާ އަންނަންދެން ތިބޭ. ކަލޭމެން ދާއިރު ހަރުފައަށް ބަދަލުވި ދަނޑިބުރި ގެންދާތި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 7:15
7 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު ފިރުޢައުނުގެ އަންހެން ދަރިކަނބަލުން ނާނަފުޅު ފިއްލަވަން ކޯރަށް އެރި ވަޑައިގެންނެވި އެވެ. އޭރު އެކަމަނާގެ ބާނދީން ކޯރު އައްސޭރީގައި ކޮޅުކޮޅަށް ހިނގަހިނގާ ތިއްބެވެ. އެ ހިނދު އެކަމަނާއަށް ކޯރުގެ އައްސޭރިފަށުގައި ހުރި ދިގު ވިނަތަކެއްގެ ތެރޭގައި ވަށިގަނޑެއް އޮތްވާ ފެނި ވަޑައިގެންފިއެވެ. ދެން އެ ކަމަނާގެ ބާނދީއަކު ފޮނުއްވައިގެން އެ ވަށިގަނޑު ގެންނަވައިފި އެވެ.


ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނު ގާތަށް ވަޑައިގެން މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައް ކުރެއްވިއެވެ. ހާރޫނުގެފާނު އެކަލޭގެފާނުގެ އަސާކޮޅު ފިރުޢައުނާއި ވަޒީރުންގެ ކުރިފުޅު މައްޗަށް ވައްޓަވާލެއްވުމާއެކު އެ އަސާކޮޅު ހަރުފަޔަކަށް ވެއްޖެއެވެ!


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފިރުޢައުނު ވަރަށް ބޯ ހަރުވާނެ. އޭނާ އެމީހުން ދިޔަކަ ނުދޭނެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ފިރުޢައުނު ނީލަކޯރަށް ވަޑައިގަންނަވާ މަގުމައްޗަށް ދޭ. ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ މިފަދައިން ވަޙީކުރެއްވިއޭ: ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރަން ދިޔަދެއްވާށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ