13 އެވަރުން ވެސް ފިރުޢައުނުގެ ގޮތްދޫނުކުރުން ކުޑައެއް ނުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވާފައިވާ ފަދައިން، އެދެބޭކަލުން ވިދާޅުވި ބަސްފުޅު ފިރުޢައުނު ގަބޫލުފުޅެއް ނުކުރެއްވިއެވެ.
މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަލުން ފިރުޢައުނު ގާތަށް ގޮސް ކަލޭ ތިޔަ އެދޭ ކަންތައް ހުށަހަޅާ. އަހަރެން މިވަނީ އޭނާއާއި އޭނާގެ ވަޒީރުންގެ ބޯހަރު ކޮށްފަ. އެގޮތުން އަހަރެންގެ މުޢުޖިޒާތްތަކާއި ހެކިތައް އެމީހުންތެރޭގައި ދައްކާލެވޭނެ.
އެކަމަކު ވެސް މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. ފިރުޢައުނު އެމީހުން ދިޔަކަ ނުދެއްވިއެވެ.
އެކަމަކު މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. އެހެންވެ އޭނާ އެމީހުން ދިޔަކަ ނުދެއްވިއެވެ.
އަހަރެން މިޞްރު މީހުންގެ ގޮތްދޫނުކުރާނެހެން ހަދާނަން. އޭރުން އެމީހުން ކަލޭމެންގެ ފަހަތުން ދާނެ. ފިރުޢައުނަށާއި އޭނާގެ ސިފައިންނާއި އަސްވާރުންނާއި އަސްގާޑިޔާތަކުގެ މައްޗަށް ފަތަޙަ ހޯދުމުން އެކަމުގެ ސަބަބުން އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އުފުލިގެންދާނެ.
މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ.
އެމީހުންގެ އަސާތައް ވައްޓާލުމުން އެ އަސާތައް ވެސް ހަރުފަތަކަށް ބަދަލުވިއެވެ. އެކަމަކު ހާރޫނުގެފާނުގެ އަސާކޮޅުން އެ ހުރިހާ ހަރުފަތަކެއް ކާލިއެވެ.
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ފިރުޢައުނު ވަރަށް ބޯ ހަރުވާނެ. އޭނާ އެމީހުން ދިޔަކަ ނުދޭނެ.
އެކަމަކު ރަސްގެފާނުގެ ފަންޑިތަވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެކަންތައް ހަމަ އެ ގޮތަށް ކޮށްފިއެވެ. އެހެންވެ އިހުނެކޭ އެއްވަރަށް ފިރުޢައުނު ބޯ ހަރުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނުގެ ބަސްފުޅެއް ނުއެއްސެވިއެވެ.
އެ ބޮއްތައް ރަސްގެފާނުގެ ގަނޑުވަރުންނާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންގެ ކިބައިން ފިލައިގެން ހިނގައިދާނެ. އޭރުން ނީލަކޯރު ނޫންތަނެއްގައި އެއްވެސް ބޮކެއް ނޫޅޭނެ.“
ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ.
ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!“ އެކަމަކު ވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން ވެސް މެއެވެ.
”އެންމެ ރަނގަޅު. ދޭ!“ ފިރުޢައުނު ވިދާޅުވިއެވެ. ”ސަހަރާތެރެއަށް ކަލޭމެންގެ އިލާހު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކަލޭމެން ދިއުމުގެ ހުއްދަ ދީފިން. އެކަމަކު މާ ދުރަށް ނުދާތި. މިހާރު އަހަރެންގެ މައްޗަށް ދުޢާ ކޮށްދީ.“
އޭރު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ބޯހަރު ކުރައްވާފައެވެ. އެހެންވެ ފިރުޢައުނު މޫސާގެފާނުގެ ބަސްފުޅެއް ނޭހިއެވެ. އެކަން ހިނގީ ހަމަ އެކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވި ފަދައިންނެވެ.
މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވި ފަދައިން ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. އަދި އިސްރާއީލީން ދިއުމަކަށް އެރަސްގެފާނު ހުއްދައެއް ވެސް ނުދެއްވިއެވެ.
ދެން ފިރުޢައުނު ރަސްގެފާނުގެ ވަޒީރުން ފޮނުއްވައިގެން މިކަންތައް ތަޙުޤީޤު ކުރައްވައިފިއެވެ. އެއީ ތެދެކެވެ. އިސްރާއީލުގެ މީހުންގެ އެންމެ ޖަނަވާރެއް ވެސް މަރުވެފައެއް ނެތެވެ. އެހެން ވިޔަސް ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. ރަސްގެފާނު އެމީހުން ދިޔަކަ ނުދެއްވިއެވެ.
”މިއަދޭ“ ބުނެވޭ ކޮންމެ ދުވަހަކު ކަލޭމެންގެ ތެރެއަށް ފާފަވެރިކަން އައިސް، ކަލޭމެން ހައްލާލައި، މާތްރަސްކަލާނގެއާ މެދު ކަލޭމެންގެ ހިތްހަރުވާނެ ގޮތް މެދުވެރިވެ ދިޔަ ނުދިނުމަށް، އެކަކު އަނެކަކަށް ހިތްވަރު ދީ ބާރު އަޅަން ވާނެއެވެ.
މިޞްރުގެ މީހުންނާއި ފިރުޢައުނު ފަދައިން ގޮތް ދޫނުކުރަން ނޫޅޭ. މާތްކަލާނގެ އެމީހުންނަށް އެތައް މުސީބާތެއް ކުރިމަތި ކުރެއްވީމާ އެންމެފަހުން އިސްރާއީލުގެ މީހުން ދާނެތަނަކަށް ދާން އެމީހުން ދޫކޮށެއް ނުލައްވާ ތަ؟